ހިތާމަ ކުރިމަތި ނުވާނަމަ މިއީ ދުނިޔެއަކަށް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިތާމަ ކުރިމަތި ނުވާނަމަ މިއީ ދުނިޔެއަކަށް ނުވާނެ!: މުފްތީ މެންކް

ހިތާމަ އާއި ހިތްދަތިކަމާއި މީސްތަކުންގެ ނަފްރަތާއި މިފަދަ ކަންކަން ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވަމުންދާނެއެވެ. ދިރިއުޅުމަކީ އެއީއެވެ. އެކަންކަން ނެތް ނަމަ ދުނިޔަވީ ޙަޔާތަކީ ޙަޔާތަކަށް ނުވާނެއެވެ. އަދި މިއީ ދުނިޔެއަކަށްވެސް ނުވާނެއެވެ. 

ކޮންމެމީހަކުވެސް އުފަންކުރައްވަވާފައިވަނީ ޙަޔާތުގެ ކޮންމެވެސް ޙިސާބެއްގައި ނިކަމެތިކަން އިޙްޞާޞްކުރަން ޖެހޭނެ ފަދަ ގޮތަކަށެވެ. ވީމާ ކުރިމަތިވާ ކޮންމެ ދަތި، ނިކަމެތި ޙާލަތަކާއި ގުޅިގެން ކަންބޮޑުވެ، މާޔޫސްވެ ތެޅިފޮޅި ނުގަންނާށެވެ! 

ދުނިޔަވީ ޙަޔާތުގައި ކިތަންމެތަނަވަސް އަދި ކިތަންމެބާރުގަދަ މީހެއް ނަމަވެސް އެއްވެސް އިންސާނަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ. ﷲ ތައާލާ އެމީހަކާއި ކުރިމަތިކުރައްވަވާ އެއްވެސް ކަމެއް ކުރިމަތިނުވާނެ ގޮތް ހެދުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. އިންސާނުންނަކީ އެހައިވެސް ނިކަމެތި ބައެކެވެ. 

ވީމާ ޙަޔާތުގައި ކުރިމަތިވާ ކޮންމެ ކަމަކުން ވެސް ޢިބްރަތް ޙާޞިލުކުރާށެވެ! ތިމާގެ ނިކަމެތިކަން ޤަބޫލުކޮށް ﷲ ތަޢާލާގެ މަދަދަށް އެދުން ގިނަކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުފަށަން ޖެހިދާނެ ވަގުތަށް ތައްޔާރުވަމުންދާށެވެ! ތިމާ ހިތް ނުއެދޭ ގޮތަށް ތިމާ އާއި ކުރިމަތިވާ ކޮންމެކަމަކީ ތަޤްވާވެރިކަން އިތުރުކުރަން ލިބިގެންދާ މެސެޖެއް ކަމުގައި ދެކޭށެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން