ކުރާ އަޅުކަމުގަ ދެމިހުންނަން އެންމެ ފަސޭހަވާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކުރާ އަޅުކަމުގަ ދެމިހުންނަން އެންމެ ފަސޭހަވާނެ ގޮތް-

އަހަރެމެންގެ ތެރެއިން ގިނަ މީހުން ހުކުރު ދުވަސް ނުވަތަ ހަފްތާގެ ކޮންމެވެސް ދުވަހެއް ކަނޑައަޅަނީ ގޭތެރޭގައި ކުރަން ހުންނަ ހުރިހާ މަސައްކަތްތަކެއް ކުރާ ދުވަހަކަށެވެ. އެދުވަހު ގޭތެރެ ފޮޅައިށާފުކުރެއެވެ. ނުކުރެވި ހުންނަ ހުރިހާ މަސައްކަތްތަކެއް ކުރެއެވެ. ދޮވެ އިސްތިރިވެސްކުރެއެވެ.

އެހެނަސް ހިތްސާފުކޮށް އަޅުކަންކުރަން އެދޭމީހާއަށް އެއީ އެކަންކުރެވޭނެ ގޮތެއް ނޫނެވެ. އަޅުކަމުގެ ފުނިވަރުތައް އެއްދުވަހާއި ކުރަން އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ. މީގެމާނައަކީ އެއްވެސް ޙާލެއްގައި ޗުއްޓީ ދުވަސްތަކާއި ރޭތަކުގައި އަޅުކަންކުރުން ގިނަކުރަން މަސައްކަތްނުކުރަން ބުނުމެއް ނޫނެވެ.

އަޅުކަމުގެ ފުނިވަރެއް އެއްފަހަރުން ނުވަތަ އެއް ދުވަހުން ކުރަން ނުވިސްނާށެވެ! އެދުވަހަކު ކުރެވެން އޮތް ވަރަކަށް ކުރަމުން ގެންދާށެވެ! ކުރަމުން ކުރަމުން ގެންގޮސް ގިނަކުރާށެވެ! އަޅުކަންކުރުން ލައްވަވާފައިވަނީވެސް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.

މިސާލަކަށް ބުނާނަމަ ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދުކުރަންޖެހެއެވެ. ރަވާތިބު ސުންނަތުގެ 12 ރަކްޢަތާއި ވިތުރީގެ 3 ރަކްޢަތާއި ދަމުނަމާދުވެސް އެބަކުރަންޖެއެވެ. މިހުރިހާ ނަމާދުތަކެއް ނުކޮށް ހުރެފައި ހަމައެކަނި ހުކުރު ދުވަހު ހަފްތާގެ 35 ފަރުޟު ނަމާދުކުރަން އުޅުމެއް ނެތެވެ. އެއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ.

ބަލަންވީ ތުއްތު ކުދިން ބޮޑުވާގޮތަށް ބަލާށެވެ! ފިރުކެނީ ފުރޮޅެމުން ގޮހެވެ. ތަންތަނުގައި ހިނގައިގަންނަނީ ހިފަހައްޓައިގެން ތެދުވަމުންގޮހެވެ. ދުވަން ވެސް ފަށަނީ ހިނގައިގަތުމަށްފަހުގައެވެ.

ﷲ ތަޢާލާއަށް އަޅުކަންކުރުންވެސް އަދި ދިރިއުޅުމުގެ ކަންކަންވެސް ހަމަ މިމޭރުމުން ކުރަމުން ގެންދާށެވެ! ހުރިހާ ކަމެއް އެއް ދުވަހުން ނުވަތަ އެއް ފަހަރާ ކުރަން އުޅެފިނަމަ އެއްވެސް ކަމެއް އޮންނާނީ ރަނގަޅުގޮތުގައި ނުކުރެވިފައެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް ކުރާ ޢަމަލުތަކެވެ.

މިސާލަކަށް ބުނާނަމަ ފުރަތަމަ ފަރުޟު 5 ނަމާދެވެ. ރަވާތިބު ސުންނަތާއި ވިތުރިއާއި ދަމުނަމާދު ގެންނަންވީ އެއިގެ ފަހަތުންނެވެ. އެންމެ 2 ރަކްޢަތުން ނަމަވެސް ދަމުނަމާދުކުރަންފަށާށެވެ. ފުރަތަމަ ރޭ 8 ރަކްޢަތް ނުކުރެވުމަކީ މައްސަލައެއް ނޫނެވެ. ރެއަކަށްވުރެ ރެއެއް އިތުރުކުރަމުންގޮސް ޢަދަދު ގިނަކޮށްލާށެވެ. ބުރައަކަށްނުވެ ކުރާ އަޅުކަމުގައި ދެމިހުރެވޭނީ އެއިރުންނެވެ.

--މުފްތީ މެންކް

މިއަދު އޮންލައިން