ހަނދުމަހުގެ 3 ރޯދަ ހިފާއިރު ހުކުރުދުވަހެއް އަންނަނަމަ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ހަނދުމަހުގެ 3 ރޯދަ ހިފާއިރު ހުކުރުދުވަހެއް އަންނަނަމަ ޢަމަލުކުރަންވީ ގޮތް-

ހަނދުމަހުގެ 3 ރޯދަ ހިފަމުންދާއިރު އެއިގެ ތެރޭގައި ހުކުރު ދުވަހެއް އަޔަސް ރޯދަ ނުހިފާ ފަސްކުރުމެއް ނެތެވެ. އެހެނީ މަކްރޫހަވެގެންވަނީ ހުކުރު ދުވަހު އެކަހެރިކޮށް ރޯދަ ހިފުމެވެ. ނަމަވެސް ހުކުރާއެކު ވިދިގެން އެހެން ދުވަހަކު ރޯދަ ހިފާނަމަ އެއީ މައްސަލައެއް ނޫނެވެ.  

މިސާލަކަށް ބުދަ، ބުރާސްފަތި، ހުކުރު 3 ދުވަހު ހިފިދާނެއެވެ. ބުރާސްފަތި ހުކުރު، ހޮނިހިރު ދުވަހުވެސް ހިފިދާނެއެވެ. ހުކުރު، ހޮނިހިރު، އާދީއްތަ 3 ދުވަހުވެސް ހިފިދާނެއެވެ.  

ހަމަ އެއާއިއެކު ހަނދުމަހުގެ 13،14، 15 ގައި ހިފަން އޮންނަ 3 ރޯދައަކީ ބަހާލައިގެން ވަކިވަކިންވެސް ހިފިދާނެ 3 ރޯދައެވެ. ވީމާ ހުކުރު ދުވަސް ދޫކޮށްލާފައި މަހުގެ އެހެން ދުވަހަކު ހިފައިގެންވެސް 3 ރޯދަ ހަމަކުރެވިދާނެއެވެ.  

ހްފަތާގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފަމުންދާ މީހުންނަށް 13، 14، 15 3 ދުވަހު ރޯދަ ނުހިފިނަމަވެސް ހަނދުމަހުގެ 3 ރޯދަ އެދަނީ ހިފެމުންނެވެ.  

މައްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން