މެންދުރު ނަމާދު ނުކޮށް ހުއްޓާ ޢަސުރުވާން 5 މިނިޓަށް ކައިރިވާފަހުން ހަނދާންވެގެން މެންދުރުނަމާދު އެވަގުތުގައި ކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މެންދުރު ނަމާދު ނުކޮށް ހުއްޓާ ޢަސުރުވާން 5 މިނިޓަށް ކައިރިވާފަހުން ހަނދާންވެގެން މެންދުރުނަމާދު އެވަގުތުގައި ކުރެވިދާނެތޯ؟

ސުވާލު:. މެންދުރު ނަމާދު ނުކޮށް ހުއްޓާ ޢަސުރުވާން 5 މިނިޓް އިންދާ ހަނދާންވެގެން މެންދުރުނަމާދު އެވަގުތުގައި ކުރެވިދާނެތޯ؟   އަދި މެންދުރުނަމާދަށް ހުއްޓާ ޢަސުރަށް ގޮވައިފިކަމުގައިވާނަމަ ނަމާދު ކުރިޔަށް ގެންދެވޭނެތޯ؟  މިދެންނެވީ ޢަސުރުވަގުތު ކައިރިވެއްޖެކަން އެނގިހުރެ މެންދުރު ކުރަންފަށައިގެން- 

ޖަވާބު:. ކުރެވިދާނެ! މެންދުރު ނަމާދަށް ހުއްޓާ ޢަސުރު ނަމާދަށް ގޮވިނަމަވެސް ނަމާދު ފުރިހަމަކޮށް ނިންމާލާނީ. 

އިތުރު 2 ސުވާލު: 

ސުވާލު:.  ވުޟޫކުރާއިރު ޤިބުލައަށް ކުރިމަތި ލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ؟ 

ޖަވާބު:. ލާޒިމު ކަމެއްނޫން. 

ސުވާލު:. އަޅުގަނޑު ދަރިފުޅަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ޤުރުއާން އާއި ޛިކުރުތައް ލިޔެލާފައި ކޮޓަރީގަ ތަތްކުރެވިދާނެތޯ؟ 

ޖަވާބު:. ރަނގަޅުވާނެ. 

ޖަވާބު ދެއްވީ:  ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

 

 

މިއަދު އޮންލައިން