ތިމާގެ ހިތް އީމާންކަމުން ޒީނަތްތެރިކޮށްދެއްވަވައި އުރެދުމަށް ނަފްރަތުކުރާ މީހަކު ކަމުގަ ލެއްވެވުން އެދި މިފަދައިން ދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތިމާގެ ހިތް އީމާންކަމުން ޒީނަތްތެރިކޮށްދެއްވަވައި އުރެދުމަށް ނަފްރަތުކުރާ މީހަކު ކަމުގަ ލެއްވެވުން އެދި މިފަދައިން ދުޢާ ކުރައްވާ!

މިއަދަކީ ވެސް ހުކުރު ދުވަހެކެވެ! ކުރިއަށް މިދަނީ ގިނަގިނައިން ދުޢާކުރަންވީ ވަގުތުތަކެވެ. އެވަގުތެއްގައި ދުޢާ ކުރެވިއްޖެ ނަމަ ދުޢާ ޢިޖާބަކޮށް ދެއްވަވާނެ ކަމުގެ ޔަޤީންކަން ލިބިގެންވާ ވަގުތުކޮޅެއް ހުކުރު ދުވަހުގައިވެއެވެ. 

އެއީ ކޮން ވަގުތެއްކަން ޔަޤީންކުރަން ނުއެނގުނު ނަމަވެސް ހުކުރު ދުވަހުގައި އެވަގުތުކޮޅުވެއެވެ. ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ އެއީ ޢަޞްރު ވަގުތާއި އިރުއޮއްސުމާއި ދެމެދުގައިވާ ވަގުތުކޮޅެއް ކަމުގައި ވެދާނެ ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ! 

މި ދުޢާއަކީ ތިމާގެ ހިތް އީމާންކަމުން ޒީނަތްތެރިކޮށްދެއްވެވުން އެދިގެންނާއި އެންމެހައި ނުބައި ޢަމަލުތަކަށް ނަފްރަތުކުރާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި ކުރަން އޮތް ދުޢާއެކެވެ! 

اَللّٰهُمَّ حَبِّبْ إِلَيْنَا الْإيْمَانَ وَزَيِّنْهُ فِيْ قُلُوْبِنَا وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوْقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِدِيْنَ.

"ޔާ ﷲ! އަޅަމެންގެ ހިތްތަކަށް އީމާންކަން ލޮބުވެތި ކުރައްވަވައިފާނދޭވެ! އަދި އީމާންކަމަކީ އަޅަމެންގެ ހިތްތަކަށް ޒީނަތްތެރި އެއްޗެއް ކަމުގައި ލައްވަވައިފާނދޭވެ! އަދި ކާފިރުކަމާއި ފާސިޤްކަމާއި އުރެދުމަކީ އަޅަމެންގެ ހިތްތައް އެންމެ ނަފްރަތުކުރާ ކަންކަން ކަމުގައި ލައްވަވައިފާނދޭވެ! އަދި ތެދުމަގު ދައްކާ މީހުންގެ ތެރެއިން އަޅަމެން ލައްވަވައިފާނދޭވެ!" 

- މައްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، ޝައިޚް އިބްރާހީމް ފަރީދު

މިއަދު އޮންލައިން