ސުވާލު:. އިސްތިޚާރާ ނަމާދު ކުރަންޖެހޭނީ ކިހިނެއްތޯ؟ އަދި ކިތައް ދުވަހަށްތޯ؟
ޖަވާބު:. އިސްތިޚާރާ ނަމާދަކީ ސުންނަތް 2 ރަކްޢަތް ކުރުމަށްފަހު ކުރެވޭ ދުޢާއެކެވެ. އެކުރަންއުޅޭ ކަންތައް ރަގަޅުކަމެއްނަމަ އެކަން ފުރިހަމަކޮށް ދެއްވުމަށެވެ. ގޯސްކަމެއްނަމަ އެކަމުން ދުރުހެލި ކުރެއްވުމަށެވެ. އަދި ރަނގަޅު ގޮތް މިންވަރު ކޮށްދެއްވުމަށެވެ. އެކަމެއް ނިމެންދެން އިސްތިޚާރާ ކުރިޔަށް ގެންދަންވާނެއެވެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.