ކިތަންމެ މަތީ މީހަކާ ސަލާމްކުރިނަމަވެސް، އެމީހާގެ ޘަޤާފަތަށް އިޙްތިރާމްކުރުމުގެ ގޮތުންނަމަވެސް ބޯގުދުކުރުން މުސްލިމުންނަށް ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކިތަންމެ މަތީ މީހަކާ ސަލާމްކުރިނަމަވެސް، އެމީހާގެ ޘަޤާފަތަށް އިޙްތިރާމްކުރުމުގެ ގޮތުންނަމަވެސް ބޯގުދުކުރުން މުސްލިމުންނަށް ހުއްދައެއް ނޫން!

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއްވިދާޅުވެފައިވެއެވެ. "ބޮޑެތިމީހުން ސަލާމްކުރާއިރު ސަޖިދަކުރުން އެއީ އާދަމުގެފާނުގެ ޝަރީޢަތުންފެށިގެން ޢީސާގެފާނުގެ ޝަރީޢަތާހަމައަށް ހުއްދަކަމެކެވެ. މިކަންވަނީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވައިފައެވެ." 

މިއީ ޤަތާދާ ރަޙިމަހުއް އާއި އެނޫންވެސް ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތެވެ. {ތަފްސީރު އިބްނު ކަޘީރު ޢަރަބި އެޑިޝަން، ދެވަނަ ޖިލްދުގެ 729 ވަނަ ޞަފްޙާ އަދި ތަފްސީރުލް ޤުރްޠުބީ އެއްވަނަ ޖިލްދު، ޞަފްޙާ 334}

އަލްއިމާމުލް ޤުރްޠުބީ ރަޙިމަހު ވިދާޅުވެފައިވެއެވެ. " އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޯތިރިކޮށް ގުދުވެލުމަކީ އިސްލާމީ ޝަރީޢަތުގައި މަންސޫޙު ކުރައްވައިފައިވާ ކަމެކެވެ. ނަމަވެސް މިކަމަކީ މިޞްރުގައި އާދަވެގެންކޮށް އުޅޭކަމެކެވެ. އަދި ޢަޖަމީންވެސް ކުރާ ކަމެކެވެ.

{ތަފްސީރުލް ޤުރްޠުބީ، ނުވަވަނަ ޖިލްދު، ޞަފްޙާ 255} 

- ޢަލީ އިޙްޞާން ފިރާޤް ގެ ލިޔުމަކުން 

މިފަދަ ބައެއްކަންކަން އެކަމުގެ ޙަޤީޤަތް ނުއެނގިތިބެ ބައެއް މީހުންނަށް ކުރެވޭތަން ފެންނާތީ މައުލޫމާތަށްޓަކައި ހާމަކޮށްލީއެވެ.

 

މިއަދު އޮންލައިން