ކޮންމެ ކަމަކަށް ކަންބޮޑުވިނަމަވެސް މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކޮންމެ ކަމަކަށް ކަންބޮޑުވިނަމަވެސް މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!

"ޔާ ﷲ! ކުރިމަތިވެފައިވާ ދަތިޙާލުގައިވެސް މިއަލާގެ އީމާންކަމަށް ބަދަލެއް ނައިސް  ސާބިތުކަންމަތީގައި އިތުރަށް ވަރުގަދަކޮށްދެއްވަވާނދޭވެ! އަދި މިއަޅާގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ ފުރިހަމަ ވިސްނުން މިއަލާއަށް މިންވަރުކޮށްދެއްވަވާނދޭވެ! ޝައިޠޯނާގެ ނުބައި ވަސްވާސްތަކާއި ޝައްކުތަކުން ސަލާމަތްވެ ހުރެ އިނބަ ﷲ ގެ މަގުން ޢަމަލުކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! 

ހުރިހާ ހާލަތެއްގައި ވެސް އެންމެހައި ކަންކަމުގެ ހުރިހާ ބާރުވެރިކަމެއް، ލިބިވޮޑިގެންވަނީ ހަމައެކަނި އިނބަ ރަސްގެލާނގެ ޙަޟްރަތުގައިކަން މިއަޅާ ޔަޤީންކުރަމެވެ. މިއަޅާއަށް ރަޙުމްކުރައްވަވާނދޭވެ!" އާމީން 

ހިތްދަތިކަންވެސް މާލީ ދަތިތައްވެސް ކުރިމަތިވާނެއެވެ! ހިތްވަރު ދޫކޮށްނުލާށެވެ! ކުރިމަތިވި  ހާލަތާއިގެން ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ހިތްވަރު ދެއްވެވުން އެދި ﷲ ތަޢާލާއަށް މިފަދަ ޢިބާރާތްތަކުން ދުޢާކުރުން ގިނަކުރާށެވެ!

އުންމީދު ކަނޑައިލުމަކީ އެއްވެސް މުސްލިމަކު އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އުންމީދު ކަނޑައިލުމަކީ އެއްވެސް ކަމަކަށް އޮންނާނެ ޙައްލެއް ނޫނެވެ. މުހިންމީ އިމްތިޙާނު ނިމެންދެން އިމްތިޙާނުގައި ސާބިތުވުމެވެ. އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. 

ކެތްތެރިވާށެވެ! އެއްވެސް ތަކްލީފަކީ ދާއިމީ ކަމެއްކަމަކަށް ނުވާނެއެވެ! އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ ތަކްލީފަކާއިއެކު ނިޢްމަތެއްވާނެ ކަމަށެވެ! އަދި ދުޢާކުރުމުން ޢިޖާބަކުރައްވަވާނެކަމަށެވެ! ވީމާ މުއްމިނުންގެ ކުރިމަތީގައި އަބަދުވެސް އޮންނާނީ އުފާވެރިކަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

 

މިއަދު އޮންލައިން