ކީރިތި ޤުރްއާނުގަ ކޮޅުފައިން ޖެހުމުން ވަގުތުން ދިމާވި ބޮޑު ބިރުވެރިކަމާ މަރުވުމުން ވަޅުލަން އުޅުނު ވަގުތު ބަނޑުފަޅައިގެން ގޮސް ލޭފޭބި އަންހެނެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ކީރިތި ޤުރްއާނުގަ ކޮޅުފައިން ޖެހުމުން ވަގުތުން ދިމާވި ބޮޑު ބިރުވެރިކަމާ މަރުވުމުން ވަޅުލަން އުޅުނު ވަގުތު ބަނޑުފަޅައިގެން ގޮސް ލޭފޭބި އަންހެނެއްގެ ވާހަކަ!

މިހާރަކަށް އައިސް މަދު ބައަކަށްނަމަވެސް ކީރިތި ޤުރްއާން، މުޞްޙަފާއިމެދު އެކި ގޮތްގޮތުން އެބަ އިހްމާލްވެއެވެ. އުފުލައި ގެންގުޅުމުގައާއި ބީހިއުޅުމުގައި އެބަ ފުރުވާކުޑަކުރެވެއެވެ. ބައެއް ފަހަރު މުޞްޙަފްގެ ޙުރުމަތަށް ވިސްނާނުލައި ދުރަށް ކޮށްޕާލުން ފަދަ ކަންކަންވެސް އެބަކުރެވެއެވެ. 

އެހެންކަމުން މިގެނެސްދެނީ ހަނދާން އައުކޮށްލުން ވަރަށް މުހިންމު ވާހަކައެކެވެ. ޢަމަލުތައް އިޞްލާޙްކުރެވޭނީ މިފަދަ ވާހަކަތައް ގިނަގިނައިން ހަނދާންކުރުމުން ކަމުގައިވާތީއެވެ. 

ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ފޮޓޯގައިވާ އަންހެން ކުއްޖާ، ކަމަކާއި ރުޅި އައިސް ކީރިތި ޤުރްއާނުގައި ކޮޅުފައިން ޖެހިއެވެ. އިރުކޮޅެއްވީތަނާ އަތުން ތަންގަނޑެއް ފަޅައިގެން ގޮސް ލޭފައިބަން ފެށިއެވެ. ބަނޑު ފުފެން ފެށިއެވެ. އަޅާ ވޭނަށް ކެތް ނުކުރެވިގެން ތެޅިފޮޅެން ޖެހުނެވެ. 

ބަނޑުގައި ގަދައަށް ރިއްސައި ބަނޑު ފުފެން ފެށިއެއްވެ. ބަނޑުގެ އެތެރޭގައި އެއްޗެއް ދުވާހެން ހީވާން ފެށިއެވެ. ބަނޑު އެތެރެއިން ވީދައި މަސްތައް ވަކިކުރާ ކަމުގެ އިޙްޞާޞްތައްވެސް ކުރެވުނެވެ. 

ގެއަށް ދެވޭތޯ މަސައްކަތްކުރަނިކޮށް މަގުމައްޗަށް ވެއްޓުނީއެވެ. އެހާލަތުގައި މުސްލިމް އަންހެން ކުއްޖަކު އޭނާއަށް އެހީތެރިވާން މަސައްކަތްކުރިއެވެ. އެކުއްޖާގެ ގެއަށް އޭނާ ގެންގޮސް ޑޮކްޓަރަކު ގެންނަން މަސައްކަތްކުރަމުން ދަނިކޮށް އެ ފުރުޞަތު ނުލިބި ވޭނުގައި ތެޅިފޮޅެމުން މަރުވިއިރު މޫނު ވަނީ ފޮޓޯގައި އެވާ ސިފައަށް ބަދަލުވެފައެވެ. 

ވަޅުލަން ގެންގޮސް ކައްވަޅަށް ތިރިކުރަން އުޅުނު ވަގުތު ޤަބުރު ތެޅިގަތެވެ! އަދި ބަނޑާއި ދިމާއިން ލޭ ފޭބިއެވެ. ވަޅުލެވުނީ އެތައް އެއްޗެއް ކިޔަވައި އެތައް ދުޢާއެއް ކޮށްގެންނެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤުރްއާނަށް އިހައިނެތިކޮށް ނުހިތާށެވެ! އެއީ އެންމެ މަތިވެވޮޑިގެންވާ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ސާފުތާހިރުވެ ވުޟޫކޮށްގެން ނޫނީ އެ ފޮތުގައި ނުބީހޭށެވެ! އުފުލައި ގެންގުޅުމުގައިވެސް ފަރުވާތެރިވާށެވެ! 

ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތާ ކޮންމެ މީހަކަށް ދުނިޔެމަތީގައި މިފަދަ މުޞީބާތްތައް ނުޖައްސަވައިފާނެއެވެ. ނަމަވެސް އެމީހަކު އިހައިނެތިކޮށް ހިތި މިންވަރަކުން އެމީހަކަށް އެކަން ކުރިމަތިވާނެއެވެ! ކައްވަޅުގައި އަދި އާޚިރަތް ދުވަހު ވެސް އެކަން ކުރިމަތިވާނެ ކަމަށް ވިސްނައި ބިރުވެތިވާށެވެ! 

ކީރިތި ޤުރްއާން އުފުލާ ގެންގުޅުމުގައިވެސް ފަރުވާތެރިވާށެވެ! ތިމާގެ އަމިއްލަ ދެލޮލަށް ދޭ ސަމާލުކަން ދީގެން ބީހި ހަދާށެވެ! ކީރިތި ޤުރްއާނަށް އިޙްތިރާމް ކުރުމަކީވެސް މަތިވެރި އަޅުކަމެކެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން