ސުވަރުގެ އެދޭ މީހާ ކޮންމެހެން ކުރަންޖެހޭ، އެހެނަސް ގިނަބައަކު ހަނދާން ނައްތާލާފައިވާ 2 ދުޢާ!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ސުވަރުގެ އެދޭ މީހާ ކޮންމެހެން ކުރަންޖެހޭ، އެހެނަސް ގިނަބައަކު ހަނދާން ނައްތާލާފައިވާ 2 ދުޢާ!: ޑރ. ޔާސިރު ޤާދީ

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އާޚިރަތް ދުވަހު އެމީހަކަށް ފައިދާކުރާނީ ދުނިޔޭގައި ހުރެ ކުރި ހެޔޮ ޢަމަލުތަކުންނާއި ފަހުން އަންނަން ތިބި މީހުންގެ ކިބައިން ލިބޭ ހެޔޮ ދުޢާއިންނެވެ. ވީމާ ކޮންމެ މީހަކުވެސް ދުނިޔެ ދޫކޮށްފައިދާއިއރު ތިމާއަށް މިދެވެނީ ތިމާގެ މައްޗަށް އެހެން މީހުން ހެޔޮ ދުޢާކުރާނެ ފަދަ ޢަމަލުތަކެއް ކުރެވިފައިކަން ކަށަވަރުކުރަން އެބަޖެހެއެވެ.  

ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބައަކު މަރުވެއެވެ. މީހުން މަރުވުމާއި ގުޅިގެން މީސްތަކުން އެމީހަކަށް ފެންނަ ބަހެއް ވެސް ބުނެއުޅެއެވެ. އެއަޑުތައް އަހަރެމެންނަށްވެސް އިވެއެވެ.

ހަމައެއާއިއެކު މަރުވާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އަހަރެމެން ދަންނަ މީހުންނެވެ. ސުވާލަކީ އެމީހުން މަރުވުމުން އެމީހުންނާއިބެހޭ ގޮތުން ހެޔޮ ބަހެއް ބުނެވެން އޮންނަނީ ކިތައް މީހުންނާއިމެދުގައި ހެއްޔެވެ؟  

މިއަދު އަހަރެމެންނަށް އެންމެ ބޮޑަށް އިހްމާލްވެވިފައިވާ އެއްކަމަކީ އަހަރެމެން މަރުވުމުން މީސްތަކުން ބުނާނެ ބަހަކާއިމެދު ވިސްނައި ނުލެވޭ ކަމެވެ. އެހެން މީހުންނަށް ފައިދާކުރާނެ ހެޔޮ ޢަމަލެއް ދުނިޔޭގައި ތިބެގެން ނުކުރެވޭ ކަމެވެ!

އަދި ކީއްހެއްޔެވެ؟ ފތިމާ މަރުވުމުން އެއިރު ދުނިޔޭގައި ތިބި ބައެއްގެ ހެޔޮ ބަހަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި ފަހުން އަންނަން ތިބި މީހުންގެ ވެސްމެއެވެ. އެހެންވެ އެކަމަށްޓަކައި އިބްރާހީމްގެފާނު ދުޢާ ވެސް ކުރެއްވެވިއެވެ. އިބްރާހީމްގެފާނުގެ ދުޢާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވާފައި އެވަނީ އެ ދުޢާ ކުރުމަކީ އަހަރެމެންނަށްވެސް ކުރަން ޖެހޭ ކަމަކަށްވާތީއެވެ!  

وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ 

"ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ޘަނާ ލައްވާނދޭވެ!" (އައްޝުޢަރާ: 84) 

މިދުޢާގެ ސަބަބުން އިބްރާހީމްގެފާނުވެވަޑައިގަންނަވާނީ އެ އިންށާނެއްގެ މައްޗަށް އެންމެ ގިނަ ބައަކު ތަޢްރީފްކުރާނެ އިންސާނާ ކަމުގައެވެ. މުސްލިމުން ކުރާ ކޮންމެ ނަމާދެއްގައި އިބްރާހީމްގެފާނަށް ދުޢާކުރަމުއެވެ! އަދި އިބްރާހީމްގެފާނަށްފަހު ރަސޫލް (ޞޢވ) އުފަންވެވަޑައިގަތުމާއި ދެމެދުގައި އުޅުނު މުސްލިމުންވެސް އިބްރާހީމްގެފާނަށް ތަޢްރީފްކޮށް ދުޢާކުރިއެވެ. ޢަދަދު އިތުރުވެގެންދަނީ އެ ސަބަބަށްޓަކައެވެ.  

ވީމާ ކޮންމެ މީހަކު ވެސް އެހެން މީހުންގެ ހެޔޮ ދުޢާ އާއި ތަޢްރީފް ލިބިގެންދާނެ ކޮންމެވެސް ހެޔޮ ޢަމަލެއް ކުރެވޭތޯ މަސައްކަތްކުރާށެވެ! މިސާލަކަށް ނިކަން ދެކިބަލާށެވެ! ދީނީ ދަރުސެއް ދިން ނަމަވެސް ހުކުރު ޚުޠުބާއެއް ކީ ނަމަވެސް އުންމަތުގެ 4 އިމާމުންނާއި ޙަދީޘްފުޅުތައް ބަޔާންކުރެއްވެވި ޢިލްމުވެރިންގެ ބަސްފުޅުތަކާއި ނުލައި ފުރިހަމައެއް ނުކުރެވެއެވެ. ވީމާ ދުނިޔެ ނިމެންދެންވެސް އެބޭކަލުންގެ ޛިކުރާ ދާނީ އެންމެ ހެޔޮ ގޮތުގައި އައުކުރެވެމުންނެވެ. މީސްތަކުންގެ ތައްރީފާއި ހެޔޮ ދުޢާ ލިބިވަޑައިގަންނަވަމުންނެވެ.  

"އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާ ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" (އަލްފުރްޤާން: 74) 

މިއާޔަތުގައި ހިމެނޭ ދުޢާ، وَاجْعَلْنَا لِلْمُتَّقِينَ إِمَامًا " ތަޤްވާ ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" ގެ މަތިންވެސް މީސްތަކުން މިވަނީ ވަރަށް ބޮޑަށް ހަނދާން ނެތިފައެވެ.  

އެކަމުގައި އެކި މީހުންނަށް ކަންކަން ކުރެވޭނީ އެކިވަރަށެވެ! ކުރެވޭނީ އެކިވަރަށެވެ! މީހާގެ އަޚްލާޤް ރަނގަޅުކޮށް އެހެން މީހުންގެ ނަފްރަތު ނުލިބޭނެ ގޮތަށް ދުނިޔޭގައި އުޅުމަކީވެސް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. މީސްތަކުންނަށް އެހީތެރިވެ ދިނުމާއި ހެޔޮކޮށް ހިތުމާއި އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރުމަކީ ވެސް އެމީހެއްގެ ފެންވަރުން ހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ!  

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

 

މިއަދު އޮންލައިން