ޙައްޤު މަގު ފެނުނު ކަމުގައިވީނަމަވެސް ޙައްޤު އެއި ޙައްޤުކަމުގައި ޤަބޫލުކުރެވޭނީ އަދި ޙައްޤަށް ތަބަޢަވެވޭނީ އެކަމަށް ﷲ ތަޢާލާ ތައުފީޤް ދެއްވެވުމުންނެވެ! ހަމަ އެއާއިއެކު ބާޠިލް ގޮތް އެއީ ބާޠިލް ގޮތް ކަމުގައި ޤަބޫލުކުރެވި އަދި އެކަންކަމާއި (ބާޠިލް ގޮތާ) ދުރުހެލިވެވޭނީވެސް އެކަމަށް ﷲ ތަޢާލާ ތައްފީޤް ދެއްވެވުމުންނެވެ.
ވީމާ އެކަންކަމަށް އެދި މަސައްކަތްކުރުމާއިއެކު ދުޢާކުރަންވާނެއެވެ!
اَللّٰهُمَّ أَرِنَا الْحَقَّ حَقًّا وَارْزُقْنَا إِتِّبَاعَهُ وَأَرِنَا الْبَاطِلَ بَاطِلاً وَارْزُقْنَا اِجْتِنَابَهُ.
ދުޢާގެ މާނަ! "ޔާ ﷲ! އަޅަމެންނަށް ޙައްޤު ގޮތް އެއީ ޙައްޤު ކަމުގައި ޤަބޫލުކުރެވި އަދި ޙައްޤު ގޮތަށް ތަބަޢަވުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވައިފާނދޭވެ! އަދި އަޅަމެންނަށް ބާޠިލް ގޮތް އެއީ ބާޠިލް ގޮތް ކަމުގައި ޤަބޫލުކުރެވި އަދި އެކަންކަމާ (ބާޠިލް ގޮތާ) ދުރުހެލިވުމުގެ ތައްފީޤް އަޅަމެންނަށް ދެއްވަވާފާނދޭވެ!"