އަނބިމީހާ ގޭގަ ބައިންދާފަ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ދިއުމާ އަނބިމީހާ އެގޮތަށް ކަންތައް ނުކުރުމަށް ބުނުމުންވެސް ރައްޓެހިންނަށް އިސްކަންދިނުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އަނބިމީހާ ގޭގަ ބައިންދާފަ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ދިއުމާ އަނބިމީހާ އެގޮތަށް ކަންތައް ނުކުރުމަށް ބުނުމުންވެސް ރައްޓެހިންނަށް އިސްކަންދިނުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު:. ރޭގަނޑު/ ދަންވަރު އަނބިމީހާ ގޭގައި ބައިންދާފަ ރައްޓެހިންނާއެކީ ވަގުތު ހޭދަކުރުމަށް ދިއުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި އަނބިމީހާ އެގޮތަށް ކަންތައް ނުކުރުމަށް ބުނުމުންވެސް ރައްޓެހިން އިސްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އަމބިމީހާއަށް އޯގާތެރިވެ، ވަގުތުދީ، ލޯބިން ކަންތައް ކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތްވާޖިބެއް" ކަމަށެވެ. 

ހަމަ މިފަދަ ސުވާލެއްގެ ޖަވާބުގައި މުފްތީ މެންކް ވިދާޅުވެފައިވަނީ އަނބިމީހާ ގޭގައި ބައިންދާފައި ބޭރަށް ގޮސް ރައްޓެހިންނާއިއެކު ވަޤުތު ހޭދަކުރަން ހުއްދަނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުން އިސްލާމް ދީނުގައި ހުއްދަވެގެން ނުވާއިރު އެއީ ޙަރާމް ކަމެއްކަމަށް ވިދާޅުވާނެ ކަމަށެވެ. 

އެގޮތަށް ކަންކަން ކުރުމަކީ އަނބިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އަނބިންނާއިމެދު އެގޮތަށް ކަންކަން ކުރަން ކައިވެނި ނުކުރަންވެސް މުފްތީމެންކް ވަނީ ފިރިހެނުންނަށް ގޮވާލައްވައިފައެވެ.

 

 

މިއަދު އޮންލައިން