އަނހެނުން ގޭގަ ކުރިނަމަވެސް ފަތިސްނަމާދާ ޢަޞްރުނަމާދު ވަގުތު ޖެހުމުން ކުރާނަމަ ޑަބަލްކޮށް ތިބާގެ ނަން ލިޔުއްވޭނެ!: ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އަނހެނުން ގޭގަ ކުރިނަމަވެސް ފަތިސްނަމާދާ ޢަޞްރުނަމާދު ވަގުތު ޖެހުމުން ކުރާނަމަ ޑަބަލްކޮށް ތިބާގެ ނަން ލިޔުއްވޭނެ!: ވައްހާޖް ޠަރިން

ކޮންމެ ނަމާދެއްވެސް އެންމެ މޮޅު އިތުރުވެގެންވަނީ ވަގުތު ޖެހުމުން ވަގުތުން ކުރުމެވެ. އެހެންކަމާއިއެކުވެސް ފަތިސްނަމާދާއި ޢަޞްރުނަމާދު ކުރުމަށް ވަގުތު ޖެހުމުން އަވަސްވެގަންނަން ޖެހޭ ވަރަށް މުހިންމު ސަބަބެއް ވެއެވެ.  

އެއީ ފަތިސްނަމާދާއި ޢަޞްރުނަމާދުގެ ވަގުތަކީ މަލާއިކަތުން ޝިފްޓް ބަދަލުކުރައްވަވާ ވަގުތެވެ. ފަތިސްނަމާދުގެ ވަގުތަކީ ރޭގަނޑު ޝިފްޓްގައި ތިބާ އާއިއެކު ތިއްބެވި މަލާއިކަތުން ޝިފްޓް ނިންމަވައި ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރިވަޑައިގަންންވާ ވަގުތެވެ! އަދި ދުވާލުގެ މަލާއިކަތުން ތިބާ އާއި ބައްދަލުކުރައްވަވާ ވަގުތެވެ! ހަމައެފަދައިން ޢަޞްރުނަމާދުގެ ވަގުތަކީ ދުވާލުގެ މަލާއިކަތުން ތިބާ ދޫކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ވަޑައިގަންނަވާ ވަގުތެވެ. ރޭގަނޑުގެ މަލާއިކަތުން ތިބާ ގާތަށް ވަޑައިގަންނަވާ ވަގުތެވެ! 

އެހެންކަމުން ފަތިސްނަމާދުގެ ވަގުތަށް ވިސްނާށެވެ! ޝިފްޓް ބަދަލުވީ ތިބާ ނަމާދަށް ހުއްތައި ކަމުގައިވާނަމަ ޝިފްޓް ނިންމެވި މަލާއިކަތުންގެ ފަތުގައި އެބޭކަލުން ތިބާ ދޫކުރެއްވެވީ ފަތިސް ނަމާދަށް ހުއްޓައި ކަމުގައި ލިޔުއްވަވާނެތެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް ހަމަ އެގޮތަށް ދަންނަވާނެތެވެ! ހަމަ އެއާއިއެކު ދުވާލުގެ ޝިފްޓަށް ވަޑައިގެންނެވި މަލާއިކަތުން ލިޔުއްވަވަން ފަށްޓަވާނީ ތިބާ ފަތިސް ނަމާދަށް ހުރި ވާހަކައިންނެވެ. ޝިފްޓް ނިންމަވާފައި އެނބުރިވަޑައިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ވެސް އެގޮތަށެވެ!  

ވީމާ ތިބާ ކުރި ފަތިސް ނަމާދުގެ ވާހަކަ 2 ޝިފްޓްގެ މަލާއިކަތުންވެސް ލިޔުއްވަވާނެތެވެ! އަދި 2 ޝިފްޓްގެ މަލާއިކަތުންވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ! ޢަބްރު ނަމާދުގައިވެސް ކަންކަން ވާނީ ހަމަ އެގޮތަށެވެ! ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ އެ މަތިވެރި ނިޢްމަތް އެދޭނަމަ ވަގުތުވުމުން އަންހެނުން ގޭގައި ކުރި ނަމަވެސް ނަމާދަށް އަވަސްވެގަންނާށެވެ! މިހިރީ ލިބެން އޮތް އެންމެ އަގުހުރި ފުރުޞަތެވެ! ހީވާގިވެ އެ ފުރުޞަތު ދޫކޮށްނުލާށެވެ! އަނހެނުންނަށް މިސްކިތުގެ ޖަމާއަތަށް ނުދެވޭތީ މިފަދަ އަގުހުރި ފުރުޞަތުތައް ދޫކޮށްލަން ހެޔޮނުވާނެއެވެ!  

- ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން