މަޝްހޫރުވާން ހާމަކުރާ ފޮޓޯއަކުން އެތައް މިލިއަން ފާފައެއް ބޮލުގަ އެޅޭކަން އެނގޭތަ؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަޝްހޫރުވާން ހާމަކުރާ ފޮޓޯއަކުން އެތައް މިލިއަން ފާފައެއް ބޮލުގަ އެޅޭކަން އެނގޭތަ؟: ބިލާލް އައްސަދު

މިއަދުގެ ސޯޝަލް މީޑިއާއަށް ބަލާލައިފިނަމަ ފެނިގެންދާނީ ތިމާ އާއިމެދު އެހެން މީހުންގެ ޝައުޤުވެރިކަން ހޯދަން ނުވަތަ މަޝްހޫރުވާން ތަފާތު ހެދުންތަކުގައި ތަފާތު "ޕޯޒް" ތަކުގައި ނަގައި ޢާންމުކޮށްފައި ހުންނަ ފޮޓޯތަކެވެ. އެކަން ކުރަނީ މިކުރެވެނީ ކިހައިވަރެއްގެ ފާފައެއްކަން ނުއެނގޭ ކަމަށްވެސް ވެދާނެއެވެ! ޙަޤީޤަތަކީ އެހެން މީހުންގެ ޝައުޤުވެރިކަން ހޯދަން ފޮޓޯ ހާމަކުރުމަކީވެސް ޒިނޭގެ ދަރަޖައެއް ކަމެވެ!

މިއަދު މިފަދަ ޢަމަލުތައް ކުރަނީ އަންހެނުން އެކަންޏެއް ނޫނެވެ. ފިރިހެނުންވެސް ކުރެއެވެ. ދެބައިމީހުންވެސް ގެންދަނީ ކުރަމުންނެވެ.

ފާހިޝް ޢަމަލުތައް ކުރުމަށްފަހު އެކަންކަން ކުރިކަން ޢާންމުކޮށް އެންގުމަކީ ފަހު ޒަމާނުގެ ޢަލާމާތެކެވެ! އެ ޢަލާމާތް މިއަދު ޢާންމުވެފައިވާ މިންވަރު ނިކަން ދެކިބަލާށެވެ! ދަރިވަރުންގެ މެދުގައި ކުރެވޭ ދިރާސާތަކުން އެނގިގެންދަނީ އެކުދިން ޒިނޭ ކުރަނީ އެއީ އެންމެންވެސް ކުރާ ކަމެއްކަމަށް ޤަބޫލުކުރެވޭތީއެވެ! ސުބްހާނަﷲ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލެވޭ ކޮންމެ ފޮޓޯއަކީ ނުވަތަ ވީޑިއޯ އަކީ އެތައް މިލިއަން މީހުންނަށް ފެންނާނެ ތަކެއްޗެވެ! ބެލުމުން ބަލާ މީހާވެސް ފާފަވެރިވާނެއެވެ! އެއިގެ އިތުރުން ބަލާ ކޮންމެ މީހަކަށް ދެއްކީތީ ޕޯސްޓްކުރި މީހާވެސް ފާފަވެރިވާނެއެވެ! ވީއިރު މިބަޔާންކުރި ފަދައިން ލެވޭ ކޮންމެ ފޮޓޯއަކީ ތިމާއަށް ކުރެވޭ ކިތައް މިލިއަން ފާފަކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ދައުރުވެ މީހުންނަށް ފެންނަހައި ދުވަހަކު އެމީހަކަށް އެދަނީ ފާފަތައް އިތުރުވަމުންނެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބިރުވެތިވާށެވެ! ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ސޯޝަލް މީޑިއާއަކީ ތިމާ ނަރަކައަށް ވައްދުވާނެ އެއްޗަކަށް ނުހަދައި އެއީ ތިމާ ސުވަރުގެ ވަންނަން އެހީތެރިވާނެ އެއްޗެއްގެ ގޮތުގައި ސޯޝަލް މީޑިއާގެ ބޭނުންކުރާށެވެ!

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން