"ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މި އުއްމަތުގެ ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ކުރަންޖެހޭ ކަމެއް. އެއީ ކުށަކަށް ހެދޭނެ އެއްވެސް އަސާސެއް ނޯންނާނެ
މާޟީގައި ގޯސްކޮށް ކަމެއް ކުރެވިފައިއޮތުން, ނުވަތަ ޒަމާނުއްސުރެ ކަމެއް ގޯސްކޮށް ހިނގަމުން އައުން އެއީ އިތުރު ގޯސްތަކްރާރު ކުރަން އޮތް ޙުއްޖަތެއް ނޫން. އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ގޯސް ނިމުމަކަށް ގެންނަން."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މިއުއްމަތުގެ ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ކުރަންޖެހޭ ކަމެއް. އެއީ ކުށަކަށް ހެދޭނެ އެއްވެސް އަސާސެއް ނޯންނާނެ.
— Dr.Mohamed Iyaz (@dr_iyaz) October 3, 2022
"ދީނީ ޢިލްމުވެރިން ޖަލަށް ލުމަކީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން ހުއްޓުވޭނެ ކަމެއް ނޫން." : ޝައިޚް ޙުސައިން އަންޞާރު
ޔޯގާ މައްސަލާގައި ޝެއިޚުންނަށް ޓަރަރިޒަމުގެ ދަޢުވާކޮށްގެން ތި ހައްދަވަނީ ގޯހެކެވެ. ކޮންމެ ބަޔަކު ރުއްސަން ތިކަން ކުރެއްވިޔަސް ތިޔައީ ބޮޑު ގޯހެކެވެ. ތިކަން ތިޔަހެން ނުކުރެއްވުމަށް ސަރުކާރަށް ގޮވައިލަމެވެ.
— Shafeeu Abdullah (@shafeeu26) October 3, 2022
ޢަދާލަތު ޕާޓީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީގެ އިސް ބައެއް ޢިލްމުވެރިންގެ ބަސްފުޅުތައް މިމޭރުމުން ހުރިއިރު އެޕާޓީއަށް ނިޞްބަތްނުވާ ޢިލްމުވެރިންވެސް ގެންދަވަނީ މިފަދަ ބަސްފުޅުތައް ވިދާޅުވަމުންނެވެ.
"ޔޯގާ މައްސަލާގައި ޝެއިޚުންނަށް ޓަރަރިޒަމުގެ ދަޢުވާކޮށްގެން ތި ހައްދަވަނީ ގޯހެކެވެ. ކޮންމެ ބަޔަކު ރުއްސަން ތިކަން ކުރެއްވިޔަސް ތިޔައީ ބޮޑު ގޯހެކެވެ. ތިކަން ތިޔަހެން ނުކުރެއްވުމަށް ސަރުކާރަށް ގޮވައިލަމެވެ."
- ޝައިޚް ޝަފީޢު ޢަބްދުﷲ
ޔޯގާ މައްސަލާގައި ޝެއިޚުންނަށް ޓަރަރިޒަމުގެ ދަޢުވާކޮށްގެން ތި ހައްދަވަނީ ގޯހެކެވެ. ކޮންމެ ބަޔަކު ރުއްސަން ތިކަން ކުރެއްވިޔަސް ތިޔައީ ބޮޑު ގޯހެކެވެ. ތިކަން ތިޔަހެން ނުކުރެއްވުމަށް ސަރުކާރަށް ގޮވައިލަމެވެ.
— Shafeeu Abdullah (@shafeeu26) October 3, 2022