މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަމެއް ހުއްދަކޮށް ޖާގަދޭން ވަކާލާތުކުރާ މީހަކު ކުފުރުގެ ތެރެއަށް ވެއްޓިދާނޭ ކަމަށް ބިރުވެތިވުން ހުރި!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަމެއް ހުއްދަކޮށް ޖާގަދޭން ވަކާލާތުކުރާ މީހަކު ކުފުރުގެ ތެރެއަށް ވެއްޓިދާނޭ ކަމަށް ބިރުވެތިވުން ހުރި!: ޝައިޚް ޝަފީޢު ޢަބްދުﷲ

ޖުވާއަކީ ކީރިތި ޤުރުއާނުގައި މާތް ﷲ ޞަރީޙަ ބަސްފުޅުން ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަމެއް ހުއްދަކޮށް އެ ކަމަށް މި ފަސްގަނޑުގައި ޖާގަދޭން ވަކާލާތުކުރާ މީހެއްގެ ނުބައިކަމާއެވެ. އެފަދަ މީހަކު ކުފުރުގެ ތެރެއަށް ވެއްޓިދާނޭ ކަމަށް ބިރުވެތިވުން ހުއްޓެވެ. މިއީ އާދައިގެ ކަންކަމެއް ނޫނެވެ. މިއީ ޚުޠޫރަތްތެރި ކަންކަމެވެ. 

ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ކެބިނެޓު ވަޒީރަކު ކެސީނޯ އެޅުމަށް ހިތްވަރު ދީ، އެއީ ޙަރާމްކަމެއް ނޫން ކަމަށް ވާހަކަދެއްކި ދެއްކުމަކީ ވެސް ބޮޑުވެގެންވާ ޖަރީމާއެކެވެ. ކުރި ހުވައާ ޚިފާލުކަމެކެވެ. އެފަދަ މީހަކު މުސްލިމް ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ހުރުމަކީ ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އިސްލާމްދީނާއި އެ ދީނުގެ ޙުކުމްފުޅުތަކަށް އެއްވެސް އިޙްތިރާމެއް ކުލުނެއް ނެތް ބަޔަކު އިސްލާމީ ޤައުމެއްގެ ޤިޔާދަތުގައި ތިބުމަކީ ވެސް ޖަރީމާއެކެވެ. އެފަދަ ބަޔަކު ރަނގަޅުވާނީ އަވަހަށް އިސްތިޢުފާ ދިނުމެވެ. އަދި ރައްޔިތުންގެ ކިބައިން މާފަށް އެދުމެވެ. އަދި ބުނެވުނު ބަހަށް ތައުބާވުމެވެ.

- ޝައިޚް ޝަފީޢު ޢަބްދުﷲ .

މިއަދު އޮންލައިން