"ވަޒީރުންނާއި އެނޫންވެސް އެފެންވަރުގެ ބޭފުޅުން މަޤާމާއި ޙަވާލުވެ ވަޑައިގަތުމުގެ ކުރިން ކުރައްވާ ހުވާގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތަން އޮވޭ. ވީއިރު ކެސިނޯ ފަދަ ޙަރާމްކަމެއް ތަޢާރަފްކުރަން ގޮވާލައްވައިފި ބޭފުޅަކު ހުވަޔާއި ޚިލާފުވިކަމުގެ ކައްފާރާ ދައްކަންޖެހޭ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރުން ކުރާ ހުވާގައިވެސް ހަމަ އެފަދަ ޢިބާރާތުން ލިޔެވިފައި އޮވެއެވެ. މަޖިލީހުގެ ރައީސް އާއި ޖާބިރު ގެންދަނީ ޖުވާކުޅުން ހުއްދަނުކުރެވިގެން މަޖިލީހުގެ ޖަލްސާތަކުގައި ފައުޅުގައި އެކަމަށް ވަކާލާތުކުރަމުންނެވެ. ކުޅިވަރާއިބެހޭ ވަޒީރުވެސް ވަނީ މަޖިލީހުގައި ޖުވާކުޅުން ހުއްދަނުކުރެވިގެން ކަންބޮޑުވުން ފައުޅުކޮށްފައެވެ.
މިފަދަ އެއްވެސް ކަމަކަށް ފިޔަވަޅު އަޅަން ދިވެހި ދައުލަތް ނުކުޅެދި ޕެރެލައިޒްވެފައިވާ ޙާލު ދީނުގައި ޙަރާމްކަންކަން ދީނީ ޢިލްމުވެރިން ބަޔާންކުރެއްވުމުން ގެންދަނީ ޓެރަރިޒަމްގެ ދައުވާ އުފުލަމުންނެވެ. ވީމާ މިއީ ކޮންދީނީ ސަރުކާރެއްކަން ކަނޑައަޅަން ރައްޔިތުންނަށް މިވަނީ ޖެހިފައެވެ.
ވަޒީރުންނާއި އެނޫންވެސް އެފެންވަރުގެ ބޭފުޅުން މަޤާމާއި ޙަވާލުވެ ވަޑައިގަތުމުގެ ކުރިން ކުރައްވާ ހުވާގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތަން އޮވޭ. ވީއިރު ކެސިނޯ ފަދަ ޙަރާމްކަމެއް ތަޢާރަފްކުރަން ގޮވާލައްވައިފި ބޭފުޅަކު ހުވަޔާއި ޚިލާފުވިކަމުގެ ކައްފާރާ ދައްކަންޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) October 4, 2022
އަވަސް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ވެއެވެ.
މުޖުތަމައުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރާއްޖޭގައި ކެސިނޯ ލައިސަންސް ނުދެނީ ކީއްވެތޯ މިނިސްޓަރު މަހުލޫފްއާ ސުވާލު ކުރައްވާފަ އެވެ.
މިނިސްޓަރު މަހުލޫފު ޖަވާބު ދެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކެސިނޯ ލައިސަންސް ރާއްޖޭގައި ދިނުމަކީ ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށާއި ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓުތަކަށް އެ ހިދުމަތް ނުދެވޭކަން މެންބަރުން ފާހަގަކުރައްވާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އޭގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެެވެ.
އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށެވެ.
"ބަރާބަރަށް ރާވިއްކާ. އެހެން ހުރިހާ ސަކަރާތްތަކެއްވެސް އެތަންތާންގައި [ރިސޯޓްތަކުގައި] ޖަހާ" މަހުލޫފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކެސިނޯ ހިންގުމުގެ ހުއްދަދޭ ވުޒާރާއަކީ ޔޫތު މިނިސްޓްރީ ނޫން ކަމަށާއި ރިސޯޓުތައް ބެލުމުގެ ޒިންމާ އޮތް ވުޒާރާއަކުން އެކަމުގައި ވާހަކަދައްކާނެ ކަމަށެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ކެސިނޯ ހިންގުމުގެ ހުއްދަ ދިނުމަށް ޖާބިރު ގެންދަވަނީ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންނެވެ.