"ދުނިޔޭގަ ނަމާދުކޮށް ހެޔޮ ޢަމަލުތައްވެސް ކުރިމީހަކީމޭ ނަރަކައަށް ދާން ޖެހެންވީ ކީއްވެގެންހޭ؟" ސުވާލުކުރީމާވެސް ދަމާ ގެންދިއައީ ނަރަކައަށް! ސަލާމަތްވީ ހަމަކިރިޔާ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
"ދުނިޔޭގަ ނަމާދުކޮށް ހެޔޮ ޢަމަލުތައްވެސް ކުރިމީހަކީމޭ ނަރަކައަށް ދާން ޖެހެންވީ ކީއްވެގެންހޭ؟" ސުވާލުކުރީމާވެސް ދަމާ ގެންދިއައީ ނަރަކައަށް! ސަލާމަތްވީ ހަމަކިރިޔާ!"

އިންސާނާ ޝަހާދަތް ކިޔައި އިސްލާމްވުމަށްފަހު ދެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ފަރުޟު 5 ނަމާދަށް ރައްކައުތެރިވުންކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެނގޭއިރުވެސް ގިނަ ބައަކު ދަނީ އެކަމުގައި އިހްމާލުވަމުންނެވެ. ނަމާދުގެ ސުވާލުން ފާސްނުވެ ޤިޔާމަތްދުވަހު ކުރިއަށް ނުދެވޭނެކަން އެއީ ޔަޤީނަށް އެނގެން އޮތް ކަމެކެވެ. ވީމާ ޢޭިބްރަތުން ފުރިގެންވާ މިވާހަކަގެ ހަނދާންތައް އައުކޮށްލަމާހިގާށެވެ! 

އަހަރެން އަބަދުވެސް ނަމާދުކުރަމެވެ! ނަމަވެސް އަބަދުވެސް ކުރެވެނީ އެންމެ ފަހު ވަގުތުގައެވެ. ދެ ނަމާދު އެކުގައި ކުރުމަކީ އަހަރެންގެ އެންމެ ބޮޑު އާދައެވެ. ނަތީޖާއަކަށްވަނީ އަބަދުވެސް އެއް ނަމާދު ވަރަށް އަވަސް އަރުވާލައިގެން ކުރަން ޖެހުމެވެ.  

އެކަމާއި ކަންބޮޑުވެ އެންމެ ގިނައިން ނަޞޭޙަތްތެރިވަނީ މާމައެވެ. އެގޮތަށް އެކަން ނުކޮށް ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ކުރީކޮޅުގައި ކުރަން މަންމަ ނަޞޭޙަތްދެއެވެ. މާމައަކީ 70 އަހަރުވެފައިވާ އަންހެނެކެވެ. އެހެންކަމާއިއެކުގައިވެސް ވަގުތުގެ އެންމެ ކުރީކޮޅުގައި މާމަ ނަމާދުކުރެއެވެ! އަދި މާމަ ނަމާދުކުރާނީ ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ.

އެހެންވެ އަވަސް އަރުވާލައިގެން ނަމާދުކުރާއިރު މާމަ ދޭ ނަޞޭޙަތާއި މާމަ ނަމާދުކުރާ ގޮތް ވަރަށް ހަނދާންވެއެވެ. ދެރވެއެވެ. އަދި އެގޮތަށް އެކަން ނުކުރެވޭތީ ވަރަށް ދެރަވެސް ވެއެވެ! ނަމަވެސް ފަރުވާ ކުޑަކުރެވެނީއެވެ. ދެން އެގޮތަށް އެކަން މެދުވެރިވިއަ ނުދިނުމަށްވެސް ޢަޒުމް ކަނޑައަޅަމެވެ. ނަމަވެސް އިޞްލާހް ނުކުރެވެނީއެވެ!   

އެއްރެއަކު އަހަރެންނަށް ފެނުނު ހުވަފެނެކެވެ. ހުރެވެނީ މީހުން ގިނަ ކަމުން ފުނިޖެހިފައިވާ ބިމެއްގައެވެ. އެމީހެއްގެ ނަން ގޮވުމުން މީސްތަކުން ޖާގަހަދައި އެމީހަކު ކުރިއަސް ދާނެ މަގުދައްކައެވެ. އަހަރެންގެ ނަން ގޮވުމުން ދާން ހިނގައިގަތްތަނާ ދެމީހަކު އައިސް އަހަރުން އަތުލައިގަތެވެ. އަދި ހާމަތަނަކަށް ގެންދެވުނެވެ.  

ސުބްހާނަﷲ! މިއީ މަޙްޝަރުގެ ބިމެވެ. އަހަރެންގެ ހިސާބު ބެއްލެވެނީއެވެ. އަހަރެންގެ ހިސާބު ބައްލަވަނީއެވެ. އަހަރެންނަށްވެސް ޖެހުނީ ނަރަކައަށްދާށެވެ! އެވަގުތު ބޮޑު ހިލިހިލާގަނޑަކުން އަަހރެން ކަސްތޮޅު އަޅައި ދަމަމުން ނަރަކައަށް ގެންދަން ފެށިއެވެ. އަހަރެން އާދޭސްކުރީމެވެ! އަހަރެން ބުނީމެވެ. "އަހަރެންނަކީ ދުނިޔޭގައި ނަމާދުކޮށް އަދި ހެޔޮ ޢަމަލުތައްވެސް ކޮށްއުޅުނު މީހަކީމެވެ. އަހަރެންނަށް ނަރަކައަށް ދާން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟"  

އެއަޑެއް އެމީހުން ނުއަހައެވެ. ދަމަމުން ގެންދިއައީ ނަރަކަ ޢާއި ކައިރިއަށެވެ. އަހަރެން ނަރަކައަށް ވައްޓާލަން އުޅުނެވެ. ނަމަވެސް އެވަގުތު އެތަނަށް އައި ވަރަށް މާތް މުސްކުޅިއަކު އަހަރެން ސަލާމަތްކުރިއެވެ. ކަސްތޮޅުތައް ނައްޓުވައި މިނިވަންކުރިއެވެ. އަދި އަހަރެން މިނިވަންކޮށް އެމީހާ އާއިއެކުގައި ދިއުމަށްވެސް ބުންޏެވެ.  

ވީއުފަލުގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ނުއެނގި ހުރެފައި އަހަރެން ސުވާލުކުރީމެވެ! "ތިއައީ ކޮން ބޭކަލެއްތޯއެވެ؟ ތިއަހައި ބޮޑު ހެޔޮކަމެއް ތިއަކޮށްދެއްވެވީ ކީއްވެގެންތޯއެވެ؟" 

އެބޭކަލަކު ވިދާޅުވިއެވެ. "އަހަރެންނަކީ ތިބާ ކުރި ނަމާދުތަކެވެ." 

އަހަރެން ސުވާލުކުރީމެވެ! "އަހަރެން ސަލާމަތްކުރަން ތިއަހައި ފަހުން ތިއަ އައީ ކީއްވެގެން ހެއްޔެވެ؟"  

ޖަވާބުގައި އޭނާ ބުންޏެވެ! "ކަލޭ ނަމާދުކުރީވެސް ވަރަށް ފަހުންނެވެ! އަދި ނަމާދުގައި އަވަސް އަރުވާލައި ވަރަށް ފަރުވާވެސް ކުޑަކުރީމުއެވެ! ކަލެއަށް މިއަދު ތިއަ ސަލާމަތް ތިއަވެވުނީ އެކަމަށް ހިތާމަކޮށް އެކަން އިޞްލާޙްކުރަން މަސައްކަތްކުރީތީއެވެ!"  

އެ ހުވަފެނުގެ ވާހަކަ ހެނދުނު މާމައަށް ކިޔައިދިނުމުން މާމަ ބުންޏެވެ! ދަރިފުޅާއެވެ! ތިއައީ ވަރަށް ރަނގަޅު ހުވަފެނެކެވެ. ދެންވެސް ނަމާދުކުރުން ފަސް ނުކުރާށެވެ! ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަންނާށެވެ! އަދި ނަމާދުގައި ޚުޝޫޢަތްތެރިވާށެވެ! އެއްވެސް ވަރަކަށް ފަރުވާކުޑަ ނުކުރާށެވެ!"

އެއީ އަހަރެންގެ އުމުރުން އެންމެ 20 ވަރަކަށް އަހަރެވެ! މިހާރު އެއިރު މާމަގެ އުމުރެވެ! 70 އަހަރެވެ! މިއަދުވެސް އެ ހުވަފެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ! އެއިގެ ފަހުން ދުވަހަކުވެސް ނަމާދަށް ފަރުވާ ކުޑައެއް ނުކުރަމެވެ! ވަގުތު ޖެހުމުން ނަމާދުނުކޮށް އެހެން އެއްވެސް ކަމެއް ނުކުރަމެވެ! ވީހައި ބޮޑަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ކޮންމެ ނަމާދެއްގައިވެސް މަސައްކަތްކުރަމެވެ. 

މިއަދު އޮންލައިން