ސުވަރުގެއިން ލިބޭނެ ނިޢްމަތްތަކާ ނަރަކައިން ލިބޭ ޢަޛާބް ކުރުކޮށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސުވަރުގެއިން ލިބޭނެ ނިޢްމަތްތަކާ ނަރަކައިން ލިބޭ ޢަޛާބް ކުރުކޮށް

ސުވާލު:. ސުވަރުގެއިން ލިބޭ ނިޢުމަތްތަކާ ނަރަކައިން ލިބޭ ޢަޛާބް ކުރުކޮށް ބުނެދީބަލަ! 

ޖަވާބު:.  ސުވަރުގޭގައި އިންސާނާގެ ލޮލަށް ފެނިފައިނުވާ ކަންފަތަށް އަޑުއަހާފައިނުވާ ހިތަށް ތަސައްވުރު ކުރެވިފައިނުވާ ބޮޑެތި ނިޢުމަތްތައް ލިބިގެން ދާނެ. (އެމީހަކު ހިތަށް އެރުވި ކޮންމެ ކަމެއް ފުދިގެންދާނެ) 

ނަރަކައިގައި ވޭންދެނިވި ޢަޛާބު ލިބޭނެ ނަރަކައިގެ އަލިފާން ގަނޑަކީ ދުނިޔޭގެ އަންދާ އަލިފާނަށްވުރެ 70 ގުނަ ހޫނުކަން ގަދަ އަލިފާންގަނޑެއް. ކަރުހިއްކައިގަތީމާ ބޯންދޭނީ ގައިން އޮހޮރޭ ފާދިޔަ ކެކިކެކި ހުންނަ ހޫނު ފެނަށްލާ އެއްކޮށްފައި. އޭތިބުއިމުގެ ކުރިން މޫނާއި ކައިރިކޮށްލާއިރަށް މޫނު ގެ މަސްތައް ވިރިގެން ދާނެ. ބުއިމާއެކު ގޮހޮރު ވިރިގެންދާނެ. މިގޮތުގައި ޢަޛާބު ލިބިލިބި ހުންނާނެ. ނަރަކައިން ނިކުންނަން ދިމާކުރިޔަސް އެތަންހުންނާނީ ތަޅުލެވި ބޮޑު ތަންޑު އެޅިފައި. އެގޮތަށް މަސައްކަތްކުރާ ކޮންމެވަގުތެއްގައި އަނބުރާ ނަރަކައިގެ ތެރެޔަށް ހޫރާލެވޭނެ. 

ޖަވާބު ދެއްވީ:  ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

 

 

މިއަދު އޮންލައިން