ޙައިޟުވެރިންނާއި ނިފާސްވެރިން ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެފައި ޖުނުބުވެރިންނަށް ކިޔެވުން ހުއްދަނުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޙައިޟުވެރިންނާއި ނިފާސްވެރިން ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެފައި ޖުނުބުވެރިންނަށް ކިޔެވުން ހުއްދަނުވަނީ ކީއްވެ؟

ޙައިޟުވެރިންނާއި ނިފާސްވެރިން ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެފައި ޖުނުބުވެރިންނަށް ކިޔެވުން ހުއްދަނުވަނީ ކީއްވެ؟  

މިއީ ވަރަށް ގިނައިން ކިޔުންތެރިން ކުރައްވާ ސުވާލަކަށްވާތީ ޖަވާބެއްގެ ގޮތުން ދަންނަވަމެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން އެކަށީގެންވާ ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ކީރިތި ޤުރުޢާން ކިޔެވުމުގެ އެންމެ މުހިއްމު އެއް އަދަބަކީ ޤުރުޢާން ކިޔަވާއިރުގައި މީހާ ޠާހިރުވެގެން ހުރުމެވެ! މާނައަކީ ޖުނުބުވެރި ހާލަތުގައި ހުރެގެން ޤުރުޢާން ކިޔަވައިގެނެއް ނުވާނެއެވެ. ސަބަބަކީ ޖުނުބުރި ހާލަތުގައި ހުރުމުން އެމީހަކަށް އެމީހަކަށް އެ ހުރެވެނީ ނަޖިސް ހާލަތެއްގައެވެ. 

އޭނާ ފެންވަރައިފިކަމުގައިވަނީނަމަ (ހިނައިގެންފިނަމަ) އޭނާގެ ޖުނުބުވެރި ހާލަތުން އޭނާއަށް ސަލާމަތްވެވޭނެއެވެ. އެހެންވީމާ ޤުރުޢާން ކިޔަވަން ގަޞްތުކުރާ މީހާ ޖުނުބުވެރިކަމުން ޠާހިރުވާންއެބަޖެހެއެވެ.

ހައިޟު ނިފާސްވެރިން، އެމީހުންނަށް ޤުރުޢާން ކިޔެވިދާނެއެވެ. ސަބަބަކީ އެނިފާސްކަމުން ނުވަތަ ހައިޟުގެ ލެއިން ސާފުވުން އެއީ އެމީހުންގެ އަތްމަތީގައި އޮތްކަމެއްނޫން ކަމުގައިވާތީއެވެ.  ޖުނުބުވެރިޔާ އަކީ އަމިއްލައަށް އިޚްތިޔާރުގައި ހިނައިގަތީމާ އޭނާގެ ޖުނުބުވެރިކަން ކަނޑައިގެންދާނެ މީހަކަށްވާތީއެވެ. 

އެހެންނަމަވެސް ހައިޟުވެރިޔާ އަދި ނިފާސްވެރިޔާއަށް ބަލައިފިނަމަ އެމީހުންނަށް ޠާހިރުވެވޭނީ އެމީހުންގެ ލޭ ކެނޑުނު ދުވަހަކުންނެވެ. އެއީ އެމީހުންގެ އަމިއްލަ ބާރުގައި އޮންނަ ކަމެއްނޫނެވެ. އެހެންކަމުން ހައިޟު ނިފާސްވެރިންނަށް މުސްޙަފުގައި އަތްނުލައި ޤުރުޢާން ކިޔެވިދާނެއެވެ. އެގޮތުން  ފޯނުން ބަލައިގެން، ހިތުން ނުވަތަ އައިޕެޑުން ނުވަތަ ކޮމްޕިއުޓަރުން ނުވަތަ އެނޫންވެސް އެއްޗެއް ބޭނުންކޮށްގެން އެމީހުންނަށް ޤުރުޢާން ކިޔެވުމަކީ އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގެ ހުއްދަ ދެއްވާފައިވާކަމެކެވެ.  

"އަދި އެގޮތަށް ކިޔެވިކަމުގައި ވީނަމަވެސް އެކަނބަލުންނަށް އިރާދަކުރެއްވިއްޔާ ހަމަ ޤުރުޢާން ކިޔެވުމުގެ ދަރުމަ އާއި ޘަވާބު ﷲ ސުބްޙަންހޫ ވަތަޢާލާދެއްވާނެ އިން ޝާ ﷲ ތަޢާލާ."

 

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

 

މިއަދު އޮންލައިން