ކައިވެނި ނުކޮށް އެހެންމީހެއްގެ ދެވަނަ އަންހެނެއްގެ ގޮތަށް ހުރެވޭނެތަ؟ އަދިވެސް އިތުރު މުހިންމު ބައެއް ސުވާލާ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކައިވެނި ނުކޮށް އެހެންމީހެއްގެ ދެވަނަ އަންހެނެއްގެ ގޮތަށް ހުރެވޭނެތަ؟ އަދިވެސް އިތުރު މުހިންމު ބައެއް ސުވާލާ ޖަވާބު-

ސުވާލު:. ކައިވެނި ނުކޮށް އެހެންމީހެއްގެ ދެވަނަ އަންހެނެއްގެ ގޮތަށް ހުރެވޭނެތަ؟ އަދި އެފިރިހެންމީހާ ބުނީ ތިމަންނަ ހުރިހާ ޚަރަދެއް ވެސް ކުރާނެ ކަމަށް. އިސްލާމްދީނުގައިމިކަން އޮންނަގޮތް  ބުނެދީފާނަންތޯ؟  

ޖަވާބު:. ކައިވެނި ނުކޮށް އަތްބަކަށް ނުވެވޭނެ. 

އިތުރު ބައެއް ސުވާލު: 

ސުވާލު:. ދޮށީ އަނބިމީހާއަށް ހަގު އަނބިމީހާ ވަރިކުރުމަށް އެދި  ފިރިމީހާއަށް މަޖުބޫރު ކުރެވިދާނެތޯ؟ އެއީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. ނުކުރެވޭނެ. އެއީ ބޮޑު ނުބައެއް. 

ސުވާލު:. އަނބިމީހާ ފިރިމީހާގެ ހުއްދަހޯދައިގެން ހުއްދައާއިއެކު ހިލޭ ފިރިހެނަކާއި ގުޅުން ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. ހުއްދައާއި އެކުވިޔަސް އަދި ނޫންވިއަސް އެއީ ހުއްދަ ކަމެއްނޫން. 

ސުވާލު:. ރައްޓެހިވެގެން އުޅޭ ކުއްޖާއާއިއެކު ޖިންސީ ގުޅުމެއް ހިންގާފައިވެސް ފެންވަރާނީ .... ދެމަފިރިންވެސް ފެންވަރާ ގޮތަށްތަ؟ 

ޖަވާބު:. ފުރަތަމަ ކަމަކީ ރައްޓެހިވެގެން އުޅުމެއް ނެތެވެ. އަދި ޒިނޭ ކުރުމަކީވެސް ބޮޑުފާފައެކެވެ. ވީމާ، ތިޔަ ދެކަންތަކުން ތައުބާވާން ޖެހެއެވެ. ތިޔަފަދަ މުޑުދާރު ކަމެއް ކުރެވުނު ނަމަވެސް ޖުނުބުގެ ހިނެއުން ހިނައިގަންނަން ވާނެއެވެ.  

ސުވާލު:.  ވުޟޫގެ ގުނަވަންތަކަށް ފެންލުމުގައި ދުލުން އެއްވެސް އެއްޗެއް ކިޔަން އައިސްފައިވޭތޯ؟  

ޖަވާބު:.  ވުޟޫ ކުރަން ފަށަމުން "ބިސްމިﷲ" މިފަދައިން ކީމާ ފުދޭނެ. އިންޝާﷲ. 

 

ޖަވާބު ދެއްވީ:  ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް. 

މިއަދު އޮންލައިން