ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ދިވެހި ރައްޔިތުންގެ ފައިސާ އިން ހިނަގާ ތަނުގައި އިސްލާމް ދީނާއި ކަނޑައެޅިގެން ޚިލާފްވާގޮތަށް އެތައް ބަހުސްތަކެއްކޮށް އެތައް ކަމެއްކޮށް އެތައް ޤާނޫނުތަކެއް ފާށްކުރަމުން ގެންދާއިރު މަޖިލީހުގައި އެކަން އެކުރާ ސަބަބު ޝައިޚް މުޙައްމަދު ޝާފިޢުގެ ބަސްފުޅަކުން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ!
ޝައިޚްގެ ބަސްފުޅު:
ބާޠިލަކީ އުފަންވާއިރުވެސް މަރުވެފައި އޮންނަ އެއްޗެކެވެ! ކިތަންމެ ވަރަށް ބައަކު އެ ދިރުވަން މަސައްކަތް ކުރި ކަމުގައިވިޔަސް ނުދިރުވޭނެއެވެ!
އެއްވެސް މީހަކު އެމީހާގެ ހަވާނަފްސުގެ އެދުންތަކުން އެއްކިބާވެހުރެ އިސްލާމްދީން ދިރާސާކޮށްފިނަމަ، އެ ދީން ކުރިއަރުވަން މެނެވީ މަސައްކަތެއް ނުކުރާނެއެވެ. އެބައިމީހުންގެ މައްސަލައަކީ އިސްލާމްދީނާމެދު އެމީހުންގެ ހިތްތަކުގައި އޮންނަ ޙަސަދައެވެ. ޙައްޤު ނޭނގެނީއެއް ނޫނެވެ.
--ޝައިޚް މުޙައްމަދު ޝާފިޢު