އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އާދަމްގެފާނު ﷲ އާ ކުރެއްވެވި ބައެއް ސުވާލުތަކާ ﷲ ވަޙީކުރެއްވެވި ޖަވާބު-

ކިޔުމަށް ހޭދަވާނީ 3މ 33ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އާދަމްގެފާނު ﷲ އާ ކުރެއްވެވި ބައެއް ސުވާލުތަކާ ﷲ ވަޙީކުރެއްވެވި ޖަވާބު-

ޢަލީ އިޙްޞާން ފިރާޤް

 

عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން އިމާމު ޙާކިމު އެކަލޭގެފާނު ލިޔުއްވި މުސްތަދުރަކުގައި ރިވާކުރައްވައިފައިވެއެވެ. 

يَا رَبِّ، أَلَمْ تَخْلُقْنِي بِيَدِكَ؟ قِيلَ لَهُ: بَلَى. وَنَفَخْتَ فِيَّ مِنْ رُوحِكَ؟ قِيلَ لَهُ: بَلَى. وعَطستُ فقلتَ: يَرْحَمُكَ اللَّهُ، وَسَبَقَتْ رحمتُك غَضبَك؟ قِيلَ لَهُ: بَلَى، وَكَتَبْتَ عَلَيَّ أَنْ أَعْمَلَ هَذَا؟ قِيلَ لَهُ: بَلَى. قَالَ: أَفَرَأَيْتَ إِنْ تبتُ هَلْ أَنْتَ رَاجِعِي إِلَى الْجَنَّةِ؟ قَالَ: نَعَمْ.

[އާދަމުގެފާނު ދެންނެވިއެވެ. އަޅުވެރިރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އަތްޕުޅުން މިއަޅާ ނަހައްދަވަމުތޯއެވެ؟. މާތްﷲ ވަޙީ ކުރެއްވިއެވެ.  އަދި ކީއްހެޔެވެ؟  އެކަންއޮތީ އެހެންނެވެ. އާދަމުގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ރޫޙުފުޅުން މިއަޅާއަށް ފުރާނަ ނުއަޅުއްވަންތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. އަދި ކީއްހެއްޔެވެ. އެކަންއޮތީ އެހެންނެވެ.

އާދަމުގެފާނު ދެންނެވިއެވެ. މިއަޅާއަށް ކިނބިހިއެޅުނު ހިނދު ކަލޭގެފާނަށް މާތް ރަޙްމަތްލައްވާށިއެވެ. މިހެން އިބަރަސްކަލާނގެ ވަޙީ ނުކުރައްވަންތޯއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. އަދި ކީއްހެއްޔެވެ. އެކަންއޮތީ އެހެންނެވެ. އާދަމުގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ކޯފާގެ މައްޗަށް އިބަރަސްކަލާނގެ އޯގާވަންތަކަން ވަނީ އާއްމުވެފައޭ އިބަރަސްކަލާނގެ ނާންގަވަމުތޯއެވެ؟  އެކަލާނގެ ވަޙީ ކުރެއްވިއެވެ. ނޫނެކެވެ. އެކަންއޮތީ އެހެންނެވެ.

އާދަމުގެފާނު ދެންނެވިއެވެ. މިއަޅާ މި ޢަމަލުކުރަން އިބަރަސްކަލާނގެ މިންވަރު ކުރައްވާ ނުލިޔުއްވަންތޯއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. އަދި ކީއްހެއްޔެވެ. އެކަންއޮތީ އެހެންނެވެ. އާދަމުގެފާނު ދެންނެވިއެވެ. މިއަޅާ ތައުބާވެއްޖެނަމަ މިއަޅާ ސުވަރުގެއަށް ވައްދަވާނަންތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. އާނއެކެވެ. {أخرجه الطبري في ((التفسير)) (775)، وابن أبي حاتم في ((التفسير)) (407)}

އަލްބިދާޔަތު ވައްނިހާޔަތުގައި އަލްޙާފިޡު އިބްނު ކަޘީރު މިދެންނެވި ރިވާޔަތް ބަޔާން ކުރެއްވުމަށްފަހު ލިޔުއްވައިފައިވެއެވެ. އިމާމު ޙާކިމު ވިދާޅުވާ ގޮތުގައި މިއީ ސަނަދު ޞައްޙަ ރިވާޔަތެކެވެ. ނަމަވެސް އިމާމު ބުޚާރީ އާއި މުސްލިމު މި ހަދީޘް ރިވާކުރައްވައިފައެއްނުވެއެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 190}

 

މިއަދު އޮންލައިން