ދައްޖާލުގެ ފިތުނައިން ސަލާމަތްކަން އެދިގެން ކުރެވިދާނެ ބައެއް ކަންކަން – ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދައްޖާލުގެ ފިތުނައިން ސަލާމަތްކަން އެދިގެން ކުރެވިދާނެ ބައެއް ކަންކަން – ޙަދީޘުން

ޙަޤީޤަތުގައި ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށްޓަކައި ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ އުއްމަތަށް ވަރަށް ގިނަ ޙަދީޘްތަކުން އެކި ކަންތައްތައް ބަޔާންކޮށްދެއްވާފަ. އޭގެ ފުރަތަމަ ކަމަކީ، އޭނަގެ ފިތުނަ ބޮޑުކަން، އަދި ސަލާމަތްކޮށް ދުޢާ ކުރަން ޖެހޭކަން، އަދި އެދުޢާ އަޅުގަނޑުމެންނަށް ކުރެވޭކަން، 

ބައެއްފަހަރު އަޅުގަނޑުމެންނަށް ނޭންގިވެސް އެބަ ދުޢާކުރެވޭ އަޅުގަނޑުމެންނަށް. އޭގެ އެއް ދުޢާއަކީ ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި އަޅުގަނޑުމެން މިކުރާ ދުޢާ. أللهُمَّ إِنِّى أَعُوذُ بِكَ مِنْ مَسِيْحِ الدَّجَّالِ ދައްޖާލުގެ ފިތުނައިން ސަލާމަތްކަން ތިމަންނާއަށް ދެއްވުން އެދި މިދުޢާ ކުރެވެނީ އަޅުގަނޑުމެންނަށް. 

އެހެންވީމަ މީ، ކޮންމެ ނަމާދެއްގަ އަޅުގަނޑުމެންނަށް އެބަ ކުރެވޭ މިދުޢާ، އިސްވެދިޔަ ހުރިހާ އުއްމަތްތަކުގެ ރަސޫލުންވެސް ކުރި، ދައްޖާލުގެ ފިތުނައިން ސަލާމަތްވޭތޯ ދުޢާ. އަދި އަޅުގަނޑުމެންވެސް ކޮންމެ ނަމާދެއްގައި މިކުރަނީ. 

ހަމަ އެޔާއެކީގަ ކަހަފު ސޫރަތް. ބައެއް ރިވާޔަތްތަކުގައި އަންނަނީ ކަހަފު ސޫރަތުގެ ފުރަތަމަ 10 އާޔަތް ކިޔާށޭ، ދައްޖާލުގެ ފިތުނައިން ސަލާމަތްވެގެން އަންނަން. އަނެއްބައި ރިވާޔާތްތަކުގަ އަންނަނީ ކަހަފު ސޫރަތުގެ ފަހު 10 އާޔަތް ކިޔާށޭ. ކޮންމެއަކަސް ކަހަފު ސޫރަތަކީ އެސޫރަތެއްގެ ސަބަބުން، އަދި ޤުރުއާނުގެ ކޮންމެ އާޔަތެއް ދަސްކުރިޔަސް އަޅުގަނޑުމެންނަށް ސަވާބުލިބޭފަދައިން އެސޫރަތް ދަސްކޮށްފިނަމަ އޭގެން އެތަކެއް ސަވާބާ މަންފާއެއް ލިބޭއެއްޗެއް. ޚާއްސަކޮށް މީ!

ބައެއް ރިވާޔަތްތަކުގަ އާދޭ ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔަވާ މީހާއަށް ސަވާބާ ދަރުމަ ލިބޭކަންވެސް. އެހެންވީމަ ކަހަފު ސޫރަތުގެ ފުރަތަމަ 10 އާޔަތް އަދި ފަހު 10 އާޔަތް ދަސްކުރުމަކީވެސް، މީ، ދައްޖާލުގެ ފިތުނައިން ސަލާމަތްވެގެން އަންނަ ކަމެއްކަމަށް ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް ބަޔާންކޮށްދެއްވާފައިވޭ.

 

- އައްޝައިޚް އަބްދުﷲ ސަޢުދާން.

 

މިއަދު އޮންލައިން