ބިރެއް ނުގަނޭތަ؟ މާރުކުރި ފައިސާ ނެތިގެން އެހީނުވެ ފޮނުވާލުމަކީ މާރުކުރާނެ ފައިސާ ނުލިބިދާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބިރެއް ނުގަނޭތަ؟ މާރުކުރި ފައިސާ ނެތިގެން އެހީނުވެ ފޮނުވާލުމަކީ މާރުކުރާނެ ފައިސާ ނުލިބިދާނެ ކަމެއް!: މުފްތީ މެންކް

ފުރަތަމަވެސް ޤަބޫލުކުރާށެވެ! ތިބާގެ ޖީބުގައިި ހުރި ފައިސާއަކީ އެއްވެސް ޙާލެއްގައި ތިބާގެ މޮޅުކަމުން ހޯދިފައިވާ ފައިސާއެއް ނޫނެވެ! އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ޖީބަށްލާން ލިބިފައިވާ ފައިސާއެކެވެ. އެފައިސާ ތިބާގެ ޖީބަށްލާން ދެއްވެވި ފަދައިއިން އިތުރު ފައިސާއެއް ތިބާއަށް ނުދެއްވެވުމަށްވެސް ﷲ ތަޢާލާ ހަަމ ކުޅަދުންވަންތައެވެ!

ވީމާ ޖީބުގައި އެވަގުތު މާރުކޮށްފައި ފައިސާ ނެތް ނަމަ މާރުކުރާށެވެ! މާރުކޮށްގެންވެސް އެމީހަކަށް އެހީތެރިވާށެވެ! އެއިރުން ތިބާއަށް ﷲ ތަޢާލާ މާގިނަ ފައިސާ ދެއްވަވާނެތެވެ! ﷲ ތަޢާލާގެ ރަޙްމަތް އިތުރުކޮށްދެއްވަވާނެތެވެ! އިންޝާ ﷲ

ހަމައެޢާއިއެކު އިތުރު އެއްކަމެއް މި މަޤާމުގައި ހުރެ ފާހަގަކޮށްލާނަމެވެ! އަތަށް ފައިސާ އެރުމުން އެވަގުތު ނުފުދިފައި ހުރި ކަންކަން ފުއްދުމަށް ޚަރަދުކޮށް ހުސްކޮށްނުލާށެވެ! ބަޖެޓްކުރާށެވެ! އެ ބަޖެޓުގެ ތެރެއިން ޚަރަދުކުރާށެވެ! ބަޖެޓުކޮށްގެން ޚަރަދުކުރުމަކީ ކާމިޔާބީގެ ދެބައިކުޅައެއްބައެވެ.

އަމިއްލަ ވޮލެޓުގައި ފައިސާ ހުރެމެ ފަޤީރަކު ކަމަކު އެދުމުން އެވަގުތު އަތުގައި މާރުކުރި ކުދި ފައިސާ ނެތުމުން އެހީތެރި ނުވެ ފޮނުވައިލުމަކީ ފަހުން މާރުކުރާނެ ފައިސާ ނުލިބިދާނެ ވަރުގެ ބޮޑު ނުބައި ކަމެކެވެ. އެހެނީ ތިބާގެ ޖީބުގައި ފައިސާ ހުރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ނިކަމެތި މީހާއަށް ދިން ޖަވާބުވެސް ވަގުތުން ދެނެވޮޑިގެންވެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން