ޢަލީ އިޙްޞާން ފިރާޤް
އާދަމުގެފާނާއި މޫސާގެފާނު:
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" احْتَجَّ آدَمُ وَمُوسَى فَقَالَ مُوسَى يَا آدَمُ أَنْتَ أَبُونَا خَيَّبْتَنَا وَأَخْرَجْتَنَا مِنَ الْجَنَّةِ فَقَالَ لَهُ آدَمُ أَنْتَ مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ وَخَطَّ لَكَ بِيَدِهِ أَتَلُومُنِي عَلَى أَمْرٍ قَدَّرَهُ اللَّهُ عَلَىَّ قَبْلَ أَنْ يَخْلُقَنِي بِأَرْبَعِينَ سَنَةً " . فَقَالَ النَّبِيُّ صلى الله عليه وسلم " فَحَجَّ آدَمُ مُوسَى فَحَجَّ آدَمُ مُوسَى " {صحيح مسلم/ كتاب القدر/ باب حِجَاجِ آدَمَ وَمُوسَى عَلَيْهِمَا السَّلاَمُ/ ޙަދީޘް ނަންބަރު 2652}
މާނައީ: "މޫސާގެފާނާއި އާދަމުގެފާނު އެއްބޭކަލަކު އަނެއްބޭކަލަކާ ޚިލާފަށް ވާހަކަފުޅު ދެއްކެވިއެވެ. މޫސާގެފާނު ވިދާޅުވިއެވެ. އޭ އާދަމުގެފާނެވެ.! ކަލޭގެފާނަކީ އަޅުގަނޑުމެންގެ ބައްޕާފުޅެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް ގެއްލުންދެއްވައި އަޅުގަނޑުމެން ސުވަރުގެއިން ނެރުއްވައިފީމެވެ. އެހިނދު އާދަމުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަކީ މޫސާގެފާނެވެ. އެއްވެސް މެދުވެރިއެއްނެތި ބަސްވަޙީ ކުރެއްވުމުން އެކަލާނގެ ކަލޭގެފާނު ހޮއްވަވައި ޚިޔާރު ކުރެއްވިއެވެ. އަދި ކަލޭގެފާނަށްޓަކައި އެކަލާނގެ ތައުރާތު ލިޔުއްވައިދެއްވިއެވެ. ތިމަންކަލޭގެފާނު ހެއްދެވުމުގެ ސާޅީސް އަހަރު ކުރީން މާތްﷲ ތަޤުދީރުގައި ނިންމަވައިފައިވާ ކަމަކާމެދު ކަލޭގެފާނު ތިމަންކަލޭގެފާނަށް މަލާމާތްކޮށް ތުހުމަތު ކުރައްވަނީތޯއެވެ؟ ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. މި އިޙްތިޖާޖުގައި އާދަމުގެފާނު، މޫސާގެފާނުގެ މައްޗަށް ކުރި ހޯއްދެވިއެވެ."