ކައިވެނީގެ ބޭރުން ލިބޭ ކުދިންގެ އެއްވެސް ކުށެއް ނެތް! އެފަދަކުއްޖަކަށްވުމަކުން ޤިޔާމަތްދުވަހު ކުއްޖާއަށް ލިބޭނެ އެއްވެސް ދެރައެއްވެސް ނެތް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކައިވެނީގެ ބޭރުން ލިބޭ ކުދިންގެ އެއްވެސް ކުށެއް ނެތް! އެފަދަކުއްޖަކަށްވުމަކުން ޤިޔާމަތްދުވަހު ކުއްޖާއަށް ލިބޭނެ އެއްވެސް ދެރައެއްވެސް ނެތް!: ޑރ. އިޔާޟް

ދުނިޔޭގައިވެސް އަދި އަދި އާޚިރަތް ދުވަހުގައިވެސް ﷲ ތަޢާލާ ޢަޛާބު ދެއްވަވަނީ އެމީހަކު ކުރި ފާފަފައަކަށެވެ. އެހެންމީހުން ކުރާ ފާފަތަކަކަށް ނޫނެވެ. 

ކައިވެނީގެ ބޭރުން ކުދިން އުފަންވަނީ އުފަންވާ ކުއްޖާގެ އެއްވެސް ކުށެއް ނެތިއެވެ. ކުށްކުރަނީ ކުއްޖާގެ މަންމައާއި ބައްޕައެވެ. ކުއްޖާ މައިމީހާގެ ބަނޑުގައި އަށަގަންނަނީވެސް އެދެމީހުން ކުރާ ކުށެއްގެ ސަބަބުން ކަމަށްވުމުން އެކަމުގައި އެކުއްޖާގެ އޮންނާނީ ކޮން ކުށެއްތޯއެވެ؟  

ބައެއް މީހުން ހީކުރަނީ ޤިޔާމަތް ދުވަހު އެފަދަ ކުދިންނަށް އެކި ގޮތް ގޮތުން ނިކަމެތިކަން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. އެފަދަ ކުއްޖަކަށްވީތީ އެކުއްޖާއަކަށް އެއްވެސް ޙައްޤެއް ގެއްލިގެންނުދާނެއެވެ. އެކަމަށް ދެއްވަވާ ޖަޒާއެއް ދެއްވަވާނީ ޒިނާކުރި ދެމީހުންނަށެވެ. އެކަމުގައި ދަރިފުޅުގެ ބޮލުގައި ޛައްރެއްގެ މިންވަރުވެސް ނުއެޅޭނެއެވެ. 

މަޢްލޫމާތު: ޑރ. އިޔާޟްގެ ދަރުސަކުން 

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން