އަޅުގަނޑުގެ މައިމީހާއަށް ކައްކައިދޭން އަޅުގަނޑުގެ އަނބިމީހާއަށް ޖެހޭނެތޯ؟: ޑރ. ޒާކިރު ނައިކުގެ ޖަވާބު ކޮންމެ ދެމަފިރިއަކަށްވެސް އެނގެން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަޅުގަނޑުގެ މައިމީހާއަށް ކައްކައިދޭން އަޅުގަނޑުގެ އަނބިމީހާއަށް ޖެހޭނެތޯ؟: ޑރ. ޒާކިރު ނައިކުގެ ޖަވާބު ކޮންމެ ދެމަފިރިއަކަށްވެސް އެނގެން އެބަޖެހޭ!

އަޅުގަނޑުގެ މައިމިހާއަށް ކައްކައިދޭން އަޅުގަނޑުގެ އަނބިމީހާއަށް ޖެހޭނެހެއްޔެވެ؟ 

މިސުވާލަކީ ސުވާލުކުރާމީހާގެ މާލީ ތަނަވަސްކަން ހުރި މިންވަރު ނުއެނގި ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ. ފުރތަމަ ކަމަކަށް ޖެހުމާއި ނުޖެހުމުގެ މައްސަލަ އިހަށް ދުރުގައި ބާއްވާށެވެ! ފުރަތަމަ ބަލަންވީ ފިރިމީހާގެ މާލީ ފެންވަރަށެވެ. އޭނާގެ ކިބައިގައި މާލީ ތަނަވަސްކަން ހުރިނަމަ މައިމީހާއަށް ކައްކައިދޭން އަނބިމީހާއަށް ޖެއްސުމެއް ނެތެވެ. އެއީ ނޯކަރުން ލައްވައި ކުރުވިދާނެކަމެކެވެ. އަނބިމީހާ ލައްވައި ކުރުވަން އޮތް ކަމަކީ މަންމަ ނަމާދުކުރޭތޯ ބެލުމާއި ނަމާދުކުރަން ހަނދާންކޮށްދިނުމާއި ދެންވެސް މަންމައަށް ބޭނުންވާ ޚާއްޞަ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. 

ދެން އޮތީ ނޯކަރަކު ގެންގުޅޭނެ ތަނަވަސްކަން ނެތުމެވެ. އެޙާލުގައި މައިމީހާއަށް ކައްކައިޑޭންވާނެއެވެ. ހަމައެކަނި ކައްކައިދޭންވާނެ ކަމަށްބުނެފައި ނިންމައެއް ނުލެވޭނެއެވެ. އަނބިމީހާއަށް ބުރަނަމަ ކައްކަން އެހީތެރިވެދޭންޖެހޭނެއެވެ. ދަރިންގެ ކަންކަންކޮށްދީ ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދޭންވެސް ޖެހޭނެއެވެ. 

އެހިސާބުން ސުވާލެއް ކުރަން ޖެހެއެވެ. ﷲ ތަޢާލާ ނޫން ފަރާތަކަށް ސަޖިދަކުރަން އަންގަވާނެނަމަ ފިރިމީހާއަށް ސަޖިދަކުރަން އަނބިމީހާއަށް އަނގަވާނެކަމަށް އޮތް ޙަދީޘްފުޅަށް އެކަނި ބަލައިގެން ނުފުދޭނެއެވެ. އެންމެ ރަނގަޅު މުސްލިމަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާކަމަށް އޮތް ޙަދީޘްފުޅަށްވެސް ބަލަންޖެހޭނެއެވެ. ވީމާ ސުވާލަކީ ކަލެއަކީ ކަލެއަކީ ކަލޭގެ އަނބިމީހާއަށް ހެޔޮ މީހަކީމު ހެއްޔެވެ؟ 

ދެން ބަލައިލަންވީ މިބާވަތުގެ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވާ ސަބަބަށެވެ. އެއީ ތަޤްވާވެރިކަމެވެ. ކަލޭގެ ކިބައިގައި ތަޤްވާވެރިކަން އެބަހުރިހެއްޔެވެ؟ އަނބިމީހާއަކީ ތަޤްވާވެރިއެއް ހެއްޔެވެ؟ ދެމީހުންނަކީވެސް ތަޤްވާވެރިން ކަމުގައިވުމަށް މަސައްކަތްކުރަމުހެއްޔެވެ؟ 

ހަމައެއާއިއެކު ވިސްނައިލަންވާނެއެވެ! ފިރިމީހާކަމަށްވުމުން ބާރުތަކާއި ވެރިކަން ލިބެނީ ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. މަސްއޫލިއްޔަތުތަކެއް އަދާކުރުމުންނެވެ. ކަލޭގެ މަސްއޫލިއްޔަތުތައް އަދާކުރަމުހެއްޔެވެ؟ 

ވީމާ ތިއަކުރާ ސުވާލަށް ފުރިހަމަ ޖަވާބެއް ދެވޭނީ މިހުރިހާ ކަންކަމަށް ރިޢާޔަތްކުރެވިގެންނެވެ. ތިއައީ އެހައިފަސޭހައިން އާނއެކޭ ނޫނީ ނޫނެކޭ ބުނެ ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ.

 

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން