މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު އެއްވާޖިބަކީ ޢިއްފަތްތެރިއެއްގެ ގޮތުގައި ދަރިފުޅު ފިރިމީހާއާއި ޙަވާލުކުރުމެވެ. ކޮްންމެ ބެލެނިވެރިއަކުވެސް މިއަދު ނިކަން ބުނެބަލާށެވެ! ތިބާގެ ދަރިފުޅަށް 18 އަހަރު ފުރިގެން އަންނައިރު ދަރިފުޅުގެ ކަންކަން ބެލެހެއްޓިފައިވަނީ އިސްލާމް ދީނުގައި އޮތް ގޮތަށް ހެއްޔެވެ؟
ޤަބޫލުކުރަން ބޭނުންވިނަމަވެސް ނުވިނަމަވެސް މުޖުތަމައިގައި ހަރުލާފައިވާ ފާހިޝް ޢަމަލުތައް ކުރުމުގެ ނުބައި އާދަތައް ހުއްޓުވޭނީ އިސްލާމް ދީނުގައި ހުރިކަންކަމަށް ލޯބިކޮށްގެންކަން އަދި ޢަމަލުކޮށްގެންކަން އެއީ އެއްވެސް ޝައްކެއްނެތި ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.
"ބައެއް މީހުންގެ ވިސްނުން ހުންނަނީ އެކޮޅުކޮޅުންނެވެ! 18 އަހަރުގެ ކުއްޖަކު ކައިވެނިކުރާ ވާހަކަ ދައްކައިފިނަމަ ބުނަނީ އެއީ ކުޑަކުއްޖެއް ކަމަށެވެ. 18 އަހަރުވާއިރު އެތައް ފަހަރު ޒިނޭކޮށްފައިވުމަކީ އެއްވެސް ބޮޑުކަމަކަށް ނުހަދައެވެ!
ދެއަންބަށް ކައިވެނި ކުރުމުގެ ފުރުޞަތު އޮތުމުން އިސްލާމް ދީނަކީ ކޮންކަހަލަ ދީނެއް ކަމާއިމެދު ސުވާލު އުފައްދައެވެ. ކައިވެނި ނުކޮށް ހުރެ ކިތަންމެ ގިނައިން ޒިނޭ ކުރިނަމަވެސް އެއީ މައްސަލއެއް ކަމަކަށް ނުދެއެވެ!
އިސްލާމީ ޘަޤާފަތް ހަދަނީ ހަޑި ޘަޤާފަތަކަށެވެ. ރީތިކަމަށް ހަދަނީ ހުޅަނގުގެ ޘަޤާފަތެވެ!"
- ޝައިޚް ޢަލީ ޒައިދު