ދަރިން ކައިވެނިކުރާއިރު ތަނަވަސްކަމަށް ބަލާނަމަ ޢަމަލު އެކުރެވެނީ ދީނުގަ އޮތްގޮތާ ދިމާއިދިކޮޅަށެވެ! ކައިވެނި ރޫޅުނީމާ ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދަރިން ކައިވެނިކުރާއިރު ތަނަވަސްކަމަށް ބަލާނަމަ ޢަމަލު އެކުރެވެނީ ދީނުގަ އޮތްގޮތާ ދިމާއިދިކޮޅަށެވެ! ކައިވެނި ރޫޅުނީމާ ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟

ނިކަން ވިސްނައިލަބަލާށެވެ! އެންމެ އިންސާނާ މުޙައްމަދު ، އެކަލޭގެފާނުގެ ދަރިކަނބަލުން، އެންމެ މަތިވެރި އަންހެނާ ފާޠިމަތުގެފާނުގެ ކައިވެނިފުޅު ދެއްވެވީ ޢަލީގެފާނަށެވެ. ޢަލީގެފާނުގެ އަތްޕުޅުގައި އެއްވެސް ތަނަވަސްކަމެއް އަދި ބޯހިޔާވަހިކަމެއްވެސް ނެތްޙާލުކޮޅުގައި ހުންނަވައިގެންނެވެ. ކައިވެނީގެ ރަންއަދާކުރެއްވެވީ އަތްޕުޅުގައި އޮތް އައްޑަނަކޮޅު ވިއްކަވާލައްވަވައިގެންނެވެ. 

ނަމަވެސް މިއަދު އަހަރެމެންގެ ދަރިންގެ ކައިވެންޏަށް އެދިގެން މީހަކު އަތުވެއްޖެނަމަ ފުރަތަމަވެސް ބަލައިލެވެނީ އޭނާގެ ހުރި ތަނަވަސްކަމަށެވެ. އަތުގައި ހުރިފައިސާއަށެވެ. މުދަލަށެވެ. ތަނަވަސްކަން ނެތްނަމަ ކައިވެންޏަށް ޝަރުޠު ހަމަވާ ކަމަކަށް ނުވެއެވެ. 

ވިސްނާށެވެ! ރަސޫލާ ބެއްލެވީ ޢަލީގެފާނުގެ ހުރި ތަްްވާވެރިކަމަށެވެ. އީމާންތެރިކަމަށެވެ. އަހަރެމެންގެ ދީނުގައި ބަލަން އޮތީ އެކަންކަމަށެވެ. އެކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެނގިތިބެ ބަލަން ބޭނުން ނުވަނީއެވެ. ނުބަލައި ކައިވެނިތައް ކުރީމާ ވަމުން މިދާގޮތަށް ނިކަން ވިސްނައިލަބަލާށެވެ.

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ މުސްލިމުން ކައިވެނީގައި މިދޭ ރަނަށެވެ. އެއްވެސް ޙާލެއްގައި އަހަރެމެން މިދެނީ ޑައުރީއެއް ނޫނެވެ. މިކުރާ ކަމަކީ ރަމްޒީގޮތުން ފިރިމީހާއަށް ކަމެއް އަންގައިދިނުމެވެ. އެކަމަކީ ކައިވެންޏަށްފަހު އަނބިމީހާގެ ޚަރަދުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ މީހަކީ ފިރިމީހާ ކަމެވެ. ރަންދިން ފަދައިން އަނބިމީހާގެ ހުރިހާކަމަކަށް ޚަރަދުކުރަންވާނެކަމެވެ. 

ވިސްނާށެވެ! ދަރިން ކައިވެނިކުރާއިރު ތަނަވަސްކަމަށް ބަލާނަމަ ޢަމަލު އެކުރެވެނީ ދީނުގަ އޮތްގޮތާ ދިމާއިދިކޮޅަށެވެ! ކައިވެނި ރޫޅުނީމާ ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން