ތިބާ ދެކެ ލޯބިވާ ފިރިއެއްކަން ޔަޤީންކުރަން މިސިފަތައް އޭނާގެ ކިބައިގަ ހުރިތޯ ބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ތިބާ ދެކެ ލޯބިވާ ފިރިއެއްކަން ޔަޤީންކުރަން މިސިފަތައް އޭނާގެ ކިބައިގަ ހުރިތޯ ބަލާށެވެ!

ކައިވެނިކުރުމަސްފަހު ބައިވެރިޔާ އެމީހަކު ދެކެ ލޯބިވާވަރުބަލަން ކޮންމެ މީހަކުވެސް ވީހައި ގިނައިން މީޓަރުއަޅަން ބޭނުންވާނެއެވެ. އިއްޔެއާއި މިއަދު އަޅުވައިކިޔަންވެސް ބޭނުންވާނެއެވެ. އެއީ އެންމެންވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ވީމާ ލޯބިވާވަރު ދެނެގަންނަން މީޓަރުއެޅުމުގައި ބަލަންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ތިމާގެ ފިރިމީހާއަކީ ރަނގަޅު މީހެއްކަން ދެނެގަންނަން ކޮންމެ އަންތބަކުވެސް ބޭނުންވާނެއެވެ. އެހެން ނަމަވެސް އިންސާނުންނަކީ މިޒާޖުގެ ގޮތުން ތަފާތު ބައަކަށްވާތީ ހުރިހާ ފިރިހެނުންގެ ކިބައިން ފެންނާނީ އެއް ސިފަތަކެއް ކަމަށްނުވެދާނެއެވެ. ނަމަވެސް މިބަޔާންކުރަނީ ރަނގަޅު ފިރިއެއްގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ.

ފުރަތަމަ ކަމަކީ އަނބިމީހާ އާއިއެކު ކުޅިވަރުކުޅެ އުފާކުރާ މީހަކު ކަމުގައިވުމެވެ. ދެމީހުން ބައިވެރިވެގެން ކުޅޭ ކޮންމެވެސް ކުޅިވަރެއް ކުޅެ އަދި އެވަގުތުގައި މޫނުން އުފާވެރިކަން ދެއްކުމެވެ. އެކަންކުރަނީ ހަމަ ކުރަން ބޭނުންވެގެންކަން ދައްކައިދިނުމެވެ.

ދެވަނަ ކަމަކީ މީހުންގެ ކުރިމަތީގައި އަނބިމީހާއަށް ޤަދަރުކުރުމެވެ. ކުށެއް ކުރެވުނު ނަމަވެސް މީހުންނާއި އެކަން ހިއްޞާނުކޮށް އެކަނި ބަހައްޓައިގެން ނަޞޭޙަތް ދިނުމެވެ. ހަމަ އެއާއިއެކު ބަލިވެއްޖެ ނަމަ އަޅައިލާ އޯގާތެރިއަކު ކަމުގައިވުމެވެ.

ތިންވަނަ ކަމަކީ އަނބީމީހާ ނުފެނި ގިނައިރުވުމުން "މިސް"ވުމެވެ. އެކަމާއި ކަންބޮޑުވާ މީހަކުކަމުގައިވުމެވެ.

ހަތަރުވަނަ ކަމަކީ ހިލޭ ފިރިހެނުންގެ ބެލުންތަކުން އަނބިމީހާ ސަލާމަތްކުރަން މަސައްކަތްކުރާ މީހަކު ކަމުގައިވުމެވެ. އެހެންމީހުން ޝައުޤުވެރިވާނެ ގޮތްގޮތަށް ހެދުން އަޅުވައި ޒީނަތްތެރިކޮށްގެން ނެރެ އެހެން މީހުންގެ ސަމާލުކަން ހޯދަން ފުރުޞަތު ނުދޭ މީހަކު ކަމުގައިވުމެވެ.

ފަސްވަނަ ކަމަކީ ދެމަފިރިން އެކުގައި އަޅުކަންކޮށް ދުޢާކޮށް ދެމަފރިން އެކުގައި ސުވަރުގެ ދިއުމަށް މަސައްކަތްކުރާ މީހަކު ކަމުގައިވުމެވެ.

ހަވަނަ ކަމަކީ ފިރިމީހާގެ ޢަމަލުތަކުން، ކޮންމެ ޙާލަތެއްގައިވެސް އަނބިމީހާ އާއިއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަނބިމީހާއަށް ލިބޭނެ ގޮތަށް ކަންކަން ކުރާ މީހަކު ކަމުގައިވުމެވެ.

ކުރިން ބުނި ފަދައިން އެކި މީހުންގެ ޢަމަލުތައް ހުންނާނީ އެއްގޮތަކަށް ނޫނެވެ. ތަފާތު ކަންކަންވެސް ހުރެދާނެއެވެ. ނަމަވެސް މިބުނި ކަންކަމުގައި ފިރިމީހާގެ ކިބައިން އަނބިމީހާއަށް ޔަޤީންކަން ލިބޭނަމަ، ފިރިމީހާގެ ކިބައިން މިފަދަ ސިފަތައް ފެންނަނަމަ ފިރިމީހާއަކީ އަނބިމީހާ ދެކެ ލޯބިވާ މީހެއްކަމަށް ޔަޤީންކުރާށެވެ!

މަސްދަރު: ކާމިޔާބު ކައިވެނި

މިއަދު އޮންލައިން