ކައިވެނި ނުކޮށް ގުޅުން ނުހިންގަން އާދޭސްކުރަމުން ދަނިކޮށް ރޭޕްކޮށް މުސްލިމް ދެބެއިން އެކުގަ މަރާލައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 56ސ
ކައިވެނި ނުކޮށް ގުޅުން ނުހިންގަން އާދޭސްކުރަމުން ދަނިކޮށް ރޭޕްކޮށް މުސްލިމް ދެބެއިން އެކުގަ މަރާލައިފި

ކައިވެނި ނުކޮށް ގުޅުން ނުހިންގުން އެދި ރޮއި އާދޭސްކުރަމުން ދަނިކޮށް ރޭޕްކޮށް މުސްލިމް ދެބެއިން މަރާލައިފިއެވެ. 

މިހާދިސާހިނގާފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ސެޕްޓެމްބަރު މަހުގެ 15 ދުވަހުއެވެ. މަރާލާފައިވަނީ އެންމެ ފަޤީރުންގެ ތެރޭގައި ހިމެނޭ ގިންތީގެ ޢާއިލާއެއްގެ ދެބެއިން ކަމަށްވާ މަނިޝާ އާއި ޕޫޖާއެވެ. 

ފުލުހުން ބުނީ ދެބެއިން އަވަށުން ނުކުމެ އުއްދަނޑިދަނޑަށް ދިއައީ ދެބެއިން ލޯބިވެގެން އުޅުނު 2 ފިރިހެންކުދިންނާއިއެކުގައި ކަމަށެވެ. އަވަށާއި ދުރަށް ދިއުމަށްފަހު 5 ޒުވާނަކުވެގެން ރޭޕްކޮށް ދެބެއިން މަރާލީއެވެ. އެކުދިންގެ ހަށިގަނޑު ފެނުނީ ގަހެއްގައި އެލުވާފައި ހުއްޓާއެވެ.

ފުލުހުން ބުނީ ރޭޕްކޮށް އެކުދިން މަރައިލީ ކައިވެނިނުކޮށް ގުޅުން ނުހިންގުން އެދި އާދޭސްކުރަމުން ދަނިކޮށް ކަމަށެވެ. މިދެބެއިންނަކީ މުސްލިމުންކަމަށްވެފައި ޚާއްޞަކޮށް ފަޤީރުން ކަމަށްވުމުން މީޑިއާތަކުން ޚަބަރު ގެނެސްދިނުމުގައި ވަނީ ވަރަށް ބޮޑަށް އިހްމާލްވެފައެވެ. 

ކޮންމެ ޤައުމެއްގައި ހިންގި ނަމަވެސް ހިންގާ މިބާވަތުގެ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަންދީ ޢިބްރަތް ޙާޞިލުކުރަންޖެހޭނެ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ. 

 

މިއަދު އޮންލައިން