"އަޅުގަނޑުގެ ފިރިމީހާ މަސައްކަތްކުރަނީ ބޭރު ޤައުމެއްގައެވެ. ނަމަވެސް އޭނާ ބުނަނީ އޭނާގެ ޢާއިލާގެ ގާތުގައި ހުރުމަށެވެ. ފިރިމީހާ އެނބުރި އަންނަންދެން އަޅުގަނޑުގެ ގާތުގައި ހުންނަން ދިއުން ހުއްދަވާނެތޯއެވެ؟"
ކައިވެނިކުރުމަށްފަހު އިންނާނެ ތަނެއް އަނބިމިހާއަށް ދެއްކުމަކީ ފިރިމީހާއަށް ކުރަންޖެހޭނެ ކަމެކެވެ. އެއީ ކޮންމެހެން ގަނޑުވަރަކަށްވާކަށް ނުޖެހޭނެއެވެ. ނިދާލައި ކައްކާ ކައި އުޅެލެވޭނަމަ އެނިމުނީއެވެ.
ދެން އޮތީ ފިރިމީހާ ރަށުގައި ނުއުޅޭ ދުވަސްވަރު ފިރިމީހާގެ ގޭގައި އިންނަން ޖެހުމެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ފުރަތަމަ ކަމަކީ އަނބިމީހާގެ ޢާއިލާގެ ނޯކަރެއް ނޫނެވެ. އަނބިމީހާއަށް ޚިދުމަތްކޮށްދޭންޖެހޭނީ ފިރިމީހާއަށެވެ.
ހަމައެއާއިއެކު ބައެއް ފަހަރު ކުރިމަތިވާ މައްސަލައަކީ ފިރިމީހާގެ ޢާއިލާގެ ގޭގައި އިންނަނަމަ އަންހެނަކަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް އަދާނުކޮށް ޅިޔަނުން އޭނާގެ ކޮޓަރިއަށް ވަދެހަދައެވެ. މިއީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ. އަދި އެއީ ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް ފިރިއަކު ރުހި ޤަބޫލުވާނެ ކަމެއްވެސް ނޫނެވެ.
ވީމާ ފިރިމީހާގެ ގޭގައި އިނުމަށް ހިތްހަމަނުޖެހޭނަމަ ޙާލަތަށް ބަލައި ފިރިމީހާ އެނބުރި އަންނަންދެން އަމިއްލަ ޢާއިލާއާއިއެކު ހުރުމުގެ ޙައްޤު އަނބިންނަށް ލިބިގެންވެއެވެ. އެގޮތަށް އެކަން ކުރުމަކުން އަނބިން ފާފަވެރިއެއްވެސް ނުވާނެއެވެ.
މިފަދަ މައްސަލަތައް ގިނައިން ކުރިމަތިވަނީ ޢާއިލާއަށް ނޯކަރަކު ހޯދައިދިނުމުގެ ބޭނުމުގައި ކައިވެނިކުރާތީއެވެ. އެއީ ކައިވެނިކުރަންޖެހޭ ގޮތެއް ނޫނެވެ. ކައިވެނިކުރަންވާނީ ދެމީހުން އެކުގައި ދިރިއުޅުމަށެވެ. އެކަކު އަނެކަކަށް ޚިދުމަތް ކުރުމަށެވެ. ނަމަވެސް މިބުނި ނުބައި ޢާދަ މުސްލިމް ވަރަށް ގިނަ މުޖުތަމަޢުތަކުގައި އެބަ އޮތެވެ. އެއީ ވަރަށް ދެރަ ކަމެކެވެ.
--ޖަވާބު ދެއްވީ: ޝައިޚް ޢާޞިމް އަލްޙަކީމް
ގުޅުންހުރި ވީޑިއޯ: