ސުވަރުގެއަކީ އަންހެނަކަށްވުމަކުން އޭނާ ބޭނުންވާ އެއްވެސް ކަމަކުން މަޙްރޫމްވާންޖެހޭނެ ތަނެއް ނޫނެވެ! ބޭނުންވާ ހުރިހާ ކަންކަން އަބަދުވެސް ހުންނާނީ ލިބިލިބިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސުވަރުގެއަކީ އަންހެނަކަށްވުމަކުން އޭނާ ބޭނުންވާ އެއްވެސް ކަމަކުން މަޙްރޫމްވާންޖެހޭނެ ތަނެއް ނޫނެވެ! ބޭނުންވާ ހުރިހާ ކަންކަން އަބަދުވެސް ހުންނާނީ ލިބިލިބިއެވެ!

ސުވަރުގޭގެ ވާހަކަތައް ދެކެވޭއިރު ފިރިހެނުންނަށް ޙޫރަލްޢީނުން ލިބޭނެ ކަމުގެ ވާހަކަ ދެކެވެނީ މުހިންމު ސަބަބަކަށްޓަކައެވެ. އެއީ ޢާންމުގޮތެއްގައި ފިރިހެނުންނަކީ އަންހެނުންނަށް ވަރަށް ގިނައިން އެދޭ ބައަކަށްވާތީއެވެ. އަދި އެޒަމާނުގައި ޢަރަބީންގެ މެދުގައި އެކަމަކީ އިންތިހާއަށް ބޮޑު ކަމެއްގެ ގޮތުގައި އޮތުމުންނެވެ.

ހަމައެއާއިއެކު ގިނަ އަންހެނުންގެ ކުރިމަތީގައި އެކަމަކީ "އެންމެ އިސްކަންދޭ" ކަންތައް ކަމުގައި އޮންނަނީ ނުވެފައެވެ. އެމީހުންގެ ކުރިމަތީ އެހެން އެތައް ކަންތައްތަކަކީ މާ މުހިންމު ކަންތައްތައް ކަމުގައިވާތީއެވެ.

މިކަމަށް ދަލީލު ލިބޭ ސަބަބެއްވެސް ބުނާނަމެވެ. އަތުގައި ފައިސާ ހުރިނަމަވެސް ފިރިހެނުން ބޭނުންވެގެން ޚަރަދުކުރާނީ ވަރަށް މަދު އަންހެކެވެ. އަތުގައި ފައިސާ ނެތިއްޔާ ދަރަނިވެރިވެގެންވެސް އަނހެނުން ހޯދަން މަސައްކަތްކުރާ ފިރިހެނުން ވަރަށް ގިނަވާނެއެވެ!

ވީމާ އަންހެނުންނަށް އެއްވެސް ކަމެއް ސުވަރުގޭގައި މަދުވަނީއެއް ނޫނެވެ. ފިރިހެނުންނަށް ލިބޭ ހުރިހާ ނިޢްމަތްތަކެއް އަންހެނުންނަށްވެސް ސުވަރުގޭގައި ލިބިގެންދާނެއެވެ. އަދި ސުވަރުގެއަކީ އެތަނުން ނިޢްމަތެއް ނުލިބިގެން އެއްވެސް މީހަކު މާޔޫސްވާންޖެހޭނެ ތަނެއް ނޫނެވެ. ކޮންމެ މީހަކަށްވެސް، އަންހެނަކަސް ފިރިހެނަކަސް އެމީހަކު ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް އަބަދުވެސް ހުންނާނީ ލިބިލިބިއެވެ. އެކަން ޔަޤީންކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން