އަބަދުވެސް އުފަލުގަ ހުރުމުގެ ތަޅުދަނޑި މިއޮތީ! ބޭނުން ހިފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަބަދުވެސް އުފަލުގަ ހުރުމުގެ ތަޅުދަނޑި މިއޮތީ! ބޭނުން ހިފާ!

އިންސާނުން މިހާތަނަށްކުރި ހުރިހާ ތަރިބާތަކަކުންވެސް އެނގިގެންދަނީ އުފާވެރިކަން ލިބުމުގެ ތަޅުދަނޑިއަކީ ހިތްހަމަޖެހުން ކަމެވެ. ހިތްހަމަޖެހުން ލިބެނީ ފާފަ ނުކުރުމާއި ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރުމުން ކަމެވެ! އުފަލުގައި ހުންނަން އެދޭނަމަ އޮތީ ފާފަ ކުރުން ހުއްޓާލައި ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުން ކަމެވެ. 

ހުރިހާ ދީންތަކެއްގެ މީހުންވެސް މިކަންކަން ހަމަމިގޮތަށް ޤަބޫލުކުރެއެވެ. އެއީ މިކަންކަމަކީ އެންމެން ޤަބޫލުކުރާ ޙަޤީޤަތަކަށްވާތީއެވެ.   

ނިކަން ވިސްނައިލަބަލާށެވެ! ތިބާގެ ހިތް އެއިގެ މަންޒިލުން ގުޑައިފިނަމަ ހަށިގަނޑަށް ހަމަޖެހުމެއް ނުލިބޭނެއެވެ! ހިތުގެ ކޮންޓްރޯލްވަނީ ﷲ ތައާލާގެ ޙަޟްރަތުގައެވެ. ތިބާ ކަންބޮޑުވެ ހާސްވަމުން ދާތާ އެތައް އަހަރެއްވެފައިވާ ކަންކަން ފަޅި ސިކުންތެއްގެ ތެރޭގައި ޙައްލުކުރަވަވައި ދެއްވަވައި ހިތަށް ވަގުތުން ހަމަޖެހުން ގެނެސްދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. 

ހިތަށް ހަމަޖެހުން ލިބުންވަނީ އެމީހަކަށް ފާފަކުރެވޭ މންވަރު މަދުކުރި ވަރަކުންނެވެ! ފާފަކުރުން ހުއްޓައިލުމުންނެވެ! ވީމާ ހިތަށް ހަމަޖެހުން ލިބި އުފާވެރިކަން ލިބުން އެދޭ މީހާ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ކޮންމެ ކަމެއް ކުރިމަތިވެ ހިތްހަމަނުޖެހުނު ނަމަވެސް ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

ކިތަންމެ ގިނަ ތަކްލީފްތަކާއި ހިތްހަމަ ނުޖެހުމާއިއެކު އުޅުނު ނަމަވެސް ފާފަފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާ މީހާއަށް އަބަދުވެސް އުފަލުގައި އެހުރެވެނީ އެދުޢާގެ ސަބަބުންނެވެ! ނުބައި އަމަލުތައް ކުރެވޭނަމަ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭނީވެސް އެކުރެވޭ ފާފަތަކުގެ ސަބަބުންނެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން