"ބޭނުންވަނީ ޤުރްއާން ކިޔެވުމެވެ. މުޞްޙަފް ބަލައިގެންނަމަވެސް ، ފޯން، އައިޕެޑް ފަދަ އެއްޗެއް ބަލައިގެން ނަމަވެސް އަދި ހިތުން ނަމަވެސް ކިޔެވުމުވެ. ކޮންމެ އެއްޗެއް ބަލައިގެން ކިޔެވިނަމަވެސް، ހިތުން ކިޔެވިނަމަވެސް ފަރުވާ ބަހައްޓައިގެން އިޚްލާޞްތެރިކަމާއިއެކު ކިޔެވި މިންވަރެއްގެ ޘަވާބު އެމީހަކަށް ދެއްވަވާނެތެވެ." އިން ޝާ ﷲ
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޘަވާބު ދެއްވަވާނީ މުޞްޙަފްބަލައިގެން ކިޔެވުމުން ކަމަށެވެ. އެހެންކަމުން ޑރ. އިޔާޟް ބަޔާންކޮށްދެއްވަވާފައި އެވަނީ ކިޔަވަންވީ ހަމައެކަނި މުޞްޙަފް ބަލައިގެން ނޫންކަމެވެ. އެމީހަކަށް ފަސޭހަ ގޮތަކަށް ކިޔެވުމުން ޘަވާބު ދެއްވަވާނެ ކަމެވެ.
އަބަދު މުޞްޙަފް ހިފައިގެނެއް ނުއުޅެވޭނެއެވެ. ނަމަވެސް ވަރަށް ގިނަ ވަޤުތުތަކުގައި ފޯނު އަތުގައި އޮވެއެވެ. ވަޤުތުވީވަރަކުން ބަލައިގެން ކިޔަވާށެވެ! ފޯނުން ބަލައިގެން ކިޔަާނެ ވަޤުތު ނެތްނަމަ ހިތުން އެނގޭ މިންވަރުންވެސް ކިޔަވާށެވެ. ކިޔަވާ ކޮންމެ އަކުރަކަށްވެސް 10 ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ގުޅުންހުރި ވީޑިއޯ: