ދަރިންގެ ހިތުގަ ޙާފިޛުންނަށްވުމަށާ ތަޖްވީދުމަގުން ރިވެތިކޮށް ޤުރްއާން ކިޔަވަން ދަސްކުރަން ލޯބި ޖައްސުވަން ބޭނުންނަމަ އޭނާފަދަ އެހެން ކުދިން އެކަމުގައި ހޯދާފައިވާ ކާމިޔާތައް އަނގައިދޭށެވެ. ލިޔުމުގައިވާ ވީޑިއޯ ފަދަ ވީޑިއޯތައް ދައްކައި އަޑުއިއްވާށެވެ.
އެއާއިއެކު އެފަދަ ކުއްޖަކަށްވުމަށް ހިތްވަރުދޭށެވެ! ދަރިފުޅަށްވެސް ހަމަ އެހައި ރިވެތިކޮށް ކިޔެވޭނެކަމާއި މަސައްކަތްކުރުމުން ޙާފިޛަކަށްވެސް ވެވިދާނެކަމަށް ބުނާށެވެ. އެއިރުން ދަރިންގެ ހިތުގައި އެކަމަށް ޝައުޢުވެރިކަން އިތުރުވެ ހިތްވަރާއިއެކު އެކަމަށް މަސައްކަތްކުރާނެއެވެ.
ދުވަސްކޮޅެއކުރިން އިންޑޮނޭސިއާގެ ޔަތީމް ދެކުދިން ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ މިންވަރު ހާމަކުރުމުން މުޅި ދުނިޔޭގެ ސަމާލުކަން އެދެކުދިންނަށް ހުއްޓުނެވެ! އާޔަތް ކިޔުމުން އެއާޔަތް ހިމެނޭ ސޫރަތާއި އާޔަތުގެ ނަމްބަރުވެސް އެކުދިން ފަސޭހަކަމާއިއެކު ބުނެދޭތީއެވެ.
ދުނިޔަވީ ޢިލްމުތައް އުނގަންނައިދޭން މަސައްކަތްކުރަމުންވެސް ޤުރްއާން އުނގަންނައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ! އެންމެ ފައިދާހުރި ޢިލްމަކީ އެއީއެވެ. އެންމެ ފަސޭހައިން ސުވަރުގޭގެ ހަރުފަތްތަކުން އެންމެ މަތީ ދަރަޖައަށް އަރައިގެންދެވެން އޮތީ އެކަމުންނެވެ.
ޤުރްއާނުގެ އަހުލުވެރިންނަށް ބުނެވޭނެތެވެ! "ތިބާއަށް އެނގޭ މިންވަރަކަށް ކިޔަވަމުން ދަރަޖަތަކަށް އަރައިގެންދާށެވެ!"
ގުޅުންހުރި ވީޑިއޯ: