މިސްކިތުގެ ޖަމާޢަތަށްދާން ބޭނުންވާ އަންހެނުން ދިއަނުދީ ނުހިފަހައްޓާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މިސްކިތުގެ ޖަމާޢަތަށްދާން ބޭނުންވާ އަންހެނުން ދިއަނުދީ ނުހިފަހައްޓާށެވެ!

ބަންގީގެ އަޑުއިވުމުން ފިރިހެނުންނަށް ވާޖިބުވެގެންވަނީ ޖަމާޢަތުގައި ނަމާދުކުރަން މިސްކިތަށް ދިއުމެވެ. ނުދިއުމަކީ އޭނާ ކުރާ ކުށެކެވެ. އެކަހެރިކޮށް ފިރިހެނުން ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބު 27 ގުނައަށް އިތުރުވެގެންދެއެވެ. 

ފިރިހެނަކު ގޭގައި ނަމާދުކުރިނަމަވެސް ނަމާދުކުރިކަމަށްވާނެއެވެ. އެނަމާދު ޞައްޙަ ނުވާނެކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އޭނާ އެކުރަނީ ކުށެކެވެ. 

އަންހެނުންނަށް އިތުރުކަން ބޮޑީ ގޭގައި ނަމާދުކުރުމެވެ. ނަމަވެސް މިސްކިތަށް ދާން ބޭނުންވެއްޖެ ނަމަ ޙަދީޘްފުޅުގައި އޮތީ އެކަނބަލުން ނުހިފެހެއްޓުމަށެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

- ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން