ސުވާލު:. ކައިވެނި ކުރުމަށްޓަކައި ރަންކިޔާފައި ކޯޓަށް ކައިވެނި ކުރަން ފޯމުލާހިސާބުން ކައިވެނި ކުރަންއުޅޭ އަނބިމީހާ ކައިރީގައި ނިދޭނެތޯ؟
ޖަވާބު:. ނޫން ކައިވެނީގެ ޢަޤުދު ނުކުރެވެނީސް ދެމަފިރިންނަކަށް ނުވާނެ.
(އެކުގައި ރޭކުރުން ހުއްދަވާނީ ކައިވެނިކުރެވުމުންނެވެ. ކައިވެނިކުރެވުނުކަމަށްވާނީ ކައިވެނިކޮށްދިނުމުންނެވެ. ރާއްޖެއަށް ބަލާނަމަ ކައިވެނިކޮށްދެނީ މައިންބަފައިންނެއް ނޫނެވެ. ކޯޓުން އެކަމަށް ކަނޑައަޅާ ފަރާތެކެވެ.
ވީމާ ރަންކިޔައި ފޯމުލުމަށްފަހު ކައިވެނިކުރެވެންދެން ކެތްތެރިވެލާށެވެ. ކައިވެނީގެ ކުރިން ހިންގޭ ގުޅުން ހުއްދައެއް ނުވާނެއެވެ. އަދި ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ކައިވެނީގެ ބަރަކާތް ކެނޑޭކަމެއްކަމަށްވެސް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ. އެއީ އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމަކަށްވާތީއެވެ.)
ސުވާލަށް ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް