އިތުރުބައިތަކާއެކު އާދަމްގެފާނު ވާހަކަ: އާދަމުގެފާނަށް ލިބިވަޑައިގެންނެވި ޚާއްޞަ މާތްކަންތައްތައް-

ކިޔުމަށް ހޭދަވާނީ 5މ 10ސ
އިތުރުބައިތަކާއެކު އާދަމްގެފާނު ވާހަކަ: އާދަމުގެފާނަށް ލިބިވަޑައިގެންނެވި ޚާއްޞަ މާތްކަންތައްތައް-

ޢަލީ އިޙްޞާން ފިރާޤް

 

ޚާއްޞަ މާތްކަންތައްތަކެއް: 

آدم عليه السّلام އަކީ، އަރަހުށި މާތް ހޮއްވަވައި ޚިޔާރުކުރައްވައިފައިވާ ނަބީބޭކަލެކެވެ. ޚާއްޞަ ކަންތައްތަކެއް ދެއްވުމުން މާތް ކުރެއްވި ބޭކަލެކެވެ. ކީރިތި ޤުރްއާނުގެ އާލުޢިމްރާން ސޫރަތުގެ 33 ވަނަ އާޔަތާއި 34 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

إِنَّ اللَّـهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ ﴿٣٣﴾ ذُرِّيَّةً بَعْضُهَا مِن بَعْضٍ ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴿٣٤

މާނައީ: "ހަމަކަށަވަރުން، اللَّه، آدم ގެފާނާއި، نوح ގެފާނާއި، إبراهيم ގެފާނުގެ آل ވެރިންނާއި، عمران ގެ آل ވެރިން (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް خيار ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه، آدم ގެފާނާއި، نوح ގެފާނާއި، إبراهيم ގެފާނުގެ آل ވެރިންނާއި، عمران ގެ آل ވެރިން (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް خيار ކުރެއްވިއެވެ." 

މި އާޔަތުގެ ތަފްސީރުގައި، އަލްއިމާމުލް ޤުރްޠުބީ ލިޔުއްވައިފައިވެއެވެ. ފަސްކަމަކުން އާދަމުގެފާނު މާތް ކުރެއްވިއެވެ. ފުރަތަމަ ކަމަކީ، އެކަލާނގެ އަތްޕުޅުން އެންމެ ރިވެތި ސޫރައިގައި އެކަލޭގެފާނު ހެއްދެވުމެވެ. ދެވަނަ ކަމަކީ، ހުރިހައި ތެކެއްޗެއްގެ ނަންތައް އުނގައްނަވައި ދެއްވުމެވެ. ތިންވަނަ ކަމަކީ، މަލާއިކަތްބޭކަލުންނަށް އެކަލޭގެފާނަށް ސަޖިދަ ޖެއްސެވުމަށް ޢަމުރުފުޅު ކުރެއްވުމެވެ. ހަތަރުވަނަ ކަމަކީ، ސުވަރުގޭގައި ވަޒަންވެރި ކުރުމެވެ. ފަސްވަނަ ކަމަކީ އެންމެހައި މީސްތަކުންގެ ބަފައިކަލުން ކަމުގައި އެކަލޭގެފާނު ލެއްވުމެވެ. {އަލްއިމާމުލް ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، އާލުޢިމްރާން ސޫރަތުގެ 33 ވަނަ އާޔަތުގެ ތަފްސީރު}

ޝަފާޢަތުގެ ވާހަކަ ބަޔާންވެގެންވާ ޙަދީޘުގައި آدم عليه السّلام ގެ ވާހަކަ އައިސްފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަ ޢަންހާއި، ޙުޛައިފާ ރަޟިޔަ ޢަންހުގެ އަރިހުން އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

"‏ يَجْمَعُ اللَّهُ تَبَارَكَ وَتَعَالَى النَّاسَ فَيَقُومُ الْمُؤْمِنُونَ حَتَّى تُزْلَفَ لَهُمُ الْجَنَّةُ فَيَأْتُونَ آدَمَ فَيَقُولُونَ يَا أَبَانَا اسْتَفْتِحْ لَنَا الْجَنَّةَ‏.‏ فَيَقُولُ وَهَلْ أَخْرَجَكُمْ مِنَ الْجَنَّةِ إِلاَّ خَطِيئَةُ أَبِيكُمْ آدَمَ...) {صحيح مسلم/ كتاب الإيمان باب أَدْنَى أَهْلِ الْجَنَّةِ مَنْزِلَةً فِيهَا ‏‏/ ޙަދީޘް ނަންބަރު 195}

މާނައީ: "ޤިޔާމަތް ދުވަހު ހުރިހާ މީސްތަކުން އެއްކުރެވޭ ހުއްޓެވެ. މުއުމިނުންނާ ސުވަރުގެ ކައިރިކޮށްލުމުން އެބައިމީހުން ތެދުވެ އާދަމުގެފާނުގެ އަރިހަށް އައިސް ދަންނަވާނެއެވެ. އޭ އަޅުގަނޑުމެންގެ ބައްޕާއެވެ. އަޅުގަނޑުމެންނަށްޓަކައި ސުވަރުގެ ހުޅުއްވައި ދެއްވުން އެދި (މާތް ގެ ޙަޟްރަތުގައި) ދަންނަވައި ދެއްވާށެވެ. އާދަމުގެފާނު ވިދާޅުވާނެތެވެ. ތިޔަބައިމީހުން ސުވަރުގެއިން ނެރެލެވުނީ (އެބަހީ: ބިމަށް އަންނަން ޖެހުނީ) ތިޔަބައިމީހުންގެ މި ބައްޕާ (އާދަމުގެފާނަށް) ކުރެވުނު ކުށެއްގެ ސަބަބުންނެވެ."

 

 

މިއަދު އޮންލައިން