ސުވާލު:. ކުޑަދަރިފުޅު ވިހެއުމުން އެކުއްޖާ މީނަޔާއޭ އޭނަޔާއޭ ވައްތަރީ މީހުން އައިސް އަބަދު އަބަދު ކިޔުން އެއީ ކޮންކަހަލަ ކަމެއްތޯ؟ އަދި ވަރަށް ކަޅުކުއްޖެކޭ ނޫނީ ދޮންކުއްޖެކޭ ކިޔުން މީކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:. މިވެނި މީހަކާ ވައްތަރޭ ކިޔުމަކީ މައްސަލައެއްނޫން، ނަމަވެސް ކަޅުކުއްޖެކޭ ދޮންކުއްޖެކޭ ކިޔާ ކުއްޖާގެ މައިންބަފައިންގެ ހިތުގައި ޖެއްސުން އެއީ ރަގަޅު ކަމެއްނޫން. ކަޅުވުމަކުން ނުވަތަ ދޮންވުމަކީ އޭގެ ޒާތުގައި ކުރާނެ ފަދަ އެއް ނޯންނާނެ.
ޖަވާބު ދެއްވި ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް
މީހަކަށް ދަރިއަކު ލިބިއްޖެނަމަ ސިފައާއި ވައްތަރު ކިޔަމެއް ނެތެވެ. އޮތީ ހެޔޮދުޢާކުރުމެވެ. އެގޮތުން ކުއްޖާއަށާއި މައިންބަފައިންނަށް ހެޔޮދުޢާކުރާށެވެ. އެކުއްޖާއަކީ ތަޤްވާވެރި ހެޔޮލަފާ ކުއްޖަކުކަމުގައި ލެއްވެވުމަށް އެދި ދުޢާކުރާށެވެ. އެކުއްޖާއަށް މައިންބަފައިންނާއި އެންމެންގެ ލޯބި ދެއްވެވުމމަށްވެސް އެދޭށެވެ.
بَارَكَ اللَّهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/205068/dua-for-new-born-baby