ތިމާއަށް ކުރެވޭ ކުދިކުދި ފާފަތައް ގިނަވުމަކީ ވަރަށް ނުރައްކާތެރިކަންބޮޑު ކަމެކެވެ. އެކަމުގެ މިސާލު ރަސޫލް (ﷺ) ދައްކަވައި ދެއްވަވާފައިވަނީ މިފަދައިންނެވެ.
ކޯރެއްގެ އައްސޭރީގައިވާ ބައެކެވެ. އެމީހުން ކައްކަން ބޮޑު އަލިފާންގަނޑެއް ބޭނުންވެއެވެ. ވީއިރު މީހަކު ގެންނަ އެންމެ ދަރުގަނޑަކުން އެންމެންނަށް ކެވޭހައިތަކެތި ރޮލެއް ނުފލުވޭނެއެވެ. ނަމަވެސް އެތައް ބައިވަރު ދަރެއް އެއްކޮށްފިނަމަ ބޮޑު އަލިފާންގަނޑެއް ޖަހައި އެންމެން ކާނެ ތަކެތި ކެއްކޭނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެނގިތިބެގެންނާއި ނުއެނތިބެ ވެސް ކުދި ފާފަތައް ކުރެވޭނެއެވެ. ފާފަތައް ފުއްސަވައި ދެއްވަވާނެ ހެޔޮ ޢަމަލުތައްކޮށް ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން މަސައްކަތްކުރަންވާނެއެވެ. އެގޮތުން މި ބުނެދެނީ ކުރެވިދާނެ އެއް ކަމެކެވެ.
ޢަބްދުﷲ އިބްން ޢަމްރު ބުނުލްޢާޞް (ރޢ) ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ.
"މީހަކު لا اله الا اللهُ و اللهُ اكبر ولا حول َ و لا قوةَ إلا باللهِ މިފަދައިން ކިޔައިފިނަމަ އެމީހެއްގެ ފާފަތައް ކަނޑުގެ ފޮނުތައް ހައި ގިނަ ނަމަވެސް ފުއްސަވައި ދެއްވަވާނެތެވެ."
لا اله الا اللهُ و اللهُ اكبر ولا حول َ و لا قوةَ إلا باللهِ
(މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑު އެންމެ މަތިވެގެންވަނީ ﷲ އެވެ. ﷲ ގެ ހަޟްރަތަށް މެނުވީ އެއްވެސް އާރެއް ބާރެއް ނުވެއެވެ.)
ކިޔައިލަން ނަގާނީ ކިހައި އިރެއް ހެއްޔެވެ؟ އެންމެ 7 ސިކުންތެއްހައި އިރުކޮޅެކެވެ. މިފަދަ ޛިކުރްތައް ކިޔުން ގިނަކުރާށެވެ! ކުރެވޭ ފާފަތައް ފުހެލަން މަސައްކަތްކުރާށެވެ!
(ޙަދީޘްފުޅުގައި ވަނީ މި ޛިކްރުގައި ހިމެނޭ لا حول َ و لا قوةَ إلا باللهِ އަކީ ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ތަންޒެއް ކަމަށެވެ!)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ދަރުސް: