ޖުނުބުގެ ޙާލަތުގަ ޙައިޟުވެއްޖެނަމަ ޙައިޟުގެ މުއްދަތުގަ ޤުރްއާން ކިޔެވުމަށްޓަކާ ޙައިޟުވެގެން ހުރެވެސް ޖުނުބުގެ ހިނެއިން ހިނައިގަންނަން ޖެހޭނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޖުނުބުގެ ޙާލަތުގަ ޙައިޟުވެއްޖެނަމަ ޙައިޟުގެ މުއްދަތުގަ ޤުރްއާން ކިޔެވުމަށްޓަކާ ޙައިޟުވެގެން ހުރެވެސް ޖުނުބުގެ ހިނެއިން ހިނައިގަންނަން ޖެހޭނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

ސުވާލް: ފިރިމީހާ އާއިއެކު ޖިމާޢުވެފަ ޖުނުބުގެ ހިނެއިން ހިނައި ނުގަނެވި ހުއްޓައި ޙައިޟްވީއެވެ. އެޙާލަތުގައި ޙައިޟުގެ ލޭކެނޑުމުން 2 ހިނެއިން ހިނައިގަންނަން ޖެހޭނެތޯއެވެ؟ 

ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބު: 1 ހިނައިގަތުމުން ފުދޭނެއެވެ. ނަމަވެސް ޖުނުބުވެފައިހުރިކަމަށްވާނަމަ ޙައިޟުވެގެންހުރެވެސް ހިނައިގަންނަންވާނެއެވެ! އެހެނީ ޤުރްއާން ކިޔެވޭނީ ޖުނުބުގެ ހިނެއިން ހިނައިގަނެގެންހުރެ ކަމަށްވާތީއެވެ. 

ޝައިޚް ފާހަގަކުރައްވާފައި އެވަނީ ޙައިމްވެރިޔާއަށް ޤުރްއާނުގެ މުޞްޙަފް ނުއުފުލުނު ނަމަވެސް ޤުރްއާން ކިޔެވޭނެއިރު، ޤުރްއާން ކިޔެވުމަށްޓަކައި ޙައިޟުވެގެން ހުރިނަމަވެސް ޖުނުބުގެ ހިނެއިން އެ ޙާލަތުގައި ހިނައިގަންނަން ޖެހޭނެ ކަމެވެ. ޤުރްއާން ކިޔަވަންވާނީ ޖުނުބުގެ ހިނެއިން ހިނައިގަނެގެން ހުރެކަމެވެ. 

ވީމާ ސުވާލުކުރި ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޙައިޟުވެގެން ހުރެވެސް އޮތީ ޖުނުބުގެ ހިނެއިން ހިނައިގަތުންކަމެވެ.

މިއަދު އޮންލައިން