މަޣްރިބް ނުކޮށް ނިދިގެން ނަމާދު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭނެ ކަމެއް!

ކިޔުމަށް ހޭދަވާނީ 2މ 16ސ
މަޣްރިބް ނުކޮށް ނިދިގެން ނަމާދު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭނެ ކަމެއް!

"އަޅުގަނޑަށް މަޣްރިބް ނަމާދުނުކޮށް އޮށޯވެލެވުނުތަނާ ނިދުނީއެވެ. މަންމަ ގޮވީމާވެސް ނިދިފިލާވަރަށް ނުހޭލެވުނީއެވެ. ހޭލެވިފައިވެސް ނިދުނީއެވެ. ނިދިފިލައި ހޭލެވުނުއިރު ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންވެ އެއްޗެއް ކާލައިގެން ފެންވަރައިގެން މިސްކިތަށް ދެވުނުއިރު ޢިޝާ ނަމާދަށް ބަންގި ގޮވަނީއެވެ. ޢިޝާނަމާދުގެ ކުރިން މަޣްރިބް ނަމާދުކުރީމެވެ. 

މިޙާލަތުގައި އަޅުގަނޑު ޤަޞްދުގައި ނަމާދުއެޅިކަމުގެ ފާފަވެރިވާނެތޯއެވެ؟

ޖަވާބު: ލިޔުއްވަވާނެ ގޮތް ނިންމެވުން ވަނީ ﷲ ތަޢާލާއަށެވެ. ޢިޝާނަމާދުނުކޮށް ނިދުމާއި ޢިޝާ ނަމާދުގެ ފަހުން ނުނިދައި ބޭކާރު ކަންކަމުގައި ވަޤުތު ހޭދަކުރުމަކީ ރަސޫލް ﷺ ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ.

އެޙާލަތުގައި ބަނޑުހައިވެފައިހުރިނަމަވެސް ލުއިމަގަކުން ކައި އަވަސްކޮށްލައިގެން މަޣްރިބް ނަމާދުކުރުމަށް ސަމާލުކަންދޭށެވެ. ހައިވެގެން ހުންނަން ޖެހޭނީ ވަރަށް ކުޑަކުޑަ ވަޤުތުކޮޅަކަށެވެ. ވީމާ ކެތްކުރަން މަސައްކަތްކުރިނަމަ ޢަމަލުކުރެވުނީހީ ވަރަށް ރަނގަޅަށެވެ.

حَدَّثَنَا مُحَمَّدُ بْنُ سَلاَمٍ، قَالَ أَخْبَرَنَا عَبْدُ الْوَهَّابِ الثَّقَفِيُّ، قَالَ حَدَّثَنَا خَالِدٌ الْحَذَّاءُ، عَنْ أَبِي الْمِنْهَالِ، عَنْ أَبِي بَرْزَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ وَالْحَدِيثَ بَعْدَهَا

Narrated Abu Barza:

Allah's Messenger (ﷺ) disliked to sleep before the `Isha' prayer and to talk after it.

Reference : Sahih al-Bukhari 568

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން