ވަޒީފާ ދިން މީހާގެ ޙާޒިރުގަ އޭނާއަށް ފެންނަ ގޮތަށް މަސައްކަތް ކުރާ ނަމަ މަސައްކަތް ކުރެވެން އޮތް އެންމެ ފުރިހަމައަކަށް ކުރަމުއެވެ. ނެތްހިތްވަރުވެސް ނެރެއެވެ. އިތުރުގަޑީގެ ފައިސާ ނުދިންނަމަވެސް ޕްރަމޯޝަން ލިބުމުގެ ދަހިވެތިކަމުގައި މަސައްކަތްވެސް ކުރެއެވެ.
އެކަމަކު ހުރިހާ ނިޢްމަތްތަކެއް މިންވަރުކޮށްދެއްވަވާ ރައްބުލްޢާލަމީނަށް ސަޖިދަ ކުރެވޭއިރު އެކަން ފުރިހަމަކުރަން މަސައްކަތް ނުކުރެވެއެވެ. ސަޖިދައިގައި އޮންނަ ވަޤުކޮޅުވެސް ﷲ ތަޢާލާގެ މަތިން ހަނދާންކުރުނަ އޮންނަނީ ބޮޑުކަމަކަށްވެފައެވެ.
ޤިޔާމަތް ދުވަހު ސުވަރުގެއިން ގަނޑުވަރެއް ލިބޭނެކަން އެނގޭއިރުވެސް ރަވާތިބް ސުންނަތްވެސް ކޮށްނުލެވެއެވެ. ސަލާމްދިނުމާއިއެކު އޮންނަނީ ފައިބައިގެންދެވިފައެވެ. އިތުރު ވަޤުތުކޮޅެއް ހޭދަކޮށްލުން އޮންނަނީ ބޮޑުކަމަކަށްވެފައެވެ.
ލޮބުވެތި މިތުރުންނޭވެ! މިކަންކަމަށް ރަނގަޅަށް ވިސްނައިލާށެވެ. އެންމެ މަތިވެރި ޞާޙިބަކީ ﷲ ތަޢާލާ ކަމުގައިހަދާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުގެ ކުރިއަށް އެހެން އެއްވެސް ކަމެއް ނުނެރޭށެވެ. ވަޒީފާ ލިބުނީވެސް ވަޒީފާގފައި ތިއަ ހުރެވެނީވެސް އެކަމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ހިނދުކޮޅަކަށްވެސް ހަނދާނުން ފިލުވައިނުލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން