"އިސްލާމް ދީނަށް ފުރއްސާރަކުރަނީއެވެ! ދީނުގެ ޙުކުމްތަކަށް ގޮންޖަހައި މަލާމާތްކުރަނީއެވެ! ﷲ ތަޢާލާ އަށާއި ރަސޫލް (ﷺ) އަށް މަލާމާތްކޮށް ފުރައްސާރަކުރަނީއެވެ. މިހުރިހާ ކަންކަން ކުރަމުން ގެންދާއިއރުވެސް އެކަން ކުރާ މީހަކަށް ބަހެއް ބުނެފިނަމަ އޮންނަނީ އެބުނި ބަހަކީ ހަރުކަށި ބަހަކަށް ހަދައިފައެވެ.
އެކަންކަން ކުރާ މީހުންނާއި މެދު ހަރުކަށިވުމަށް ﷲ ތަޢާލާ އަންގަވާފައިވާއިރުވެސް އެކަންކަން ކުރާނެ ވަރަކަށް ކުރަން އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެންވީތޯއެވެ؟ ނޫނެކެވެ! އެގޮތަށް އެކަންކަން ކުރަން ދޫކޮށްލައިގެން ނުތިބޭނަމުއެވެ! އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ކުރަން އަޅުގަނޑުމެން މަސައްކަތްކުރާނަމުއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމަށެވެ!"
(މިއީ މީގެ 2 އަހަރުކުރިން ޝައިޚް އާދަމް ނިޝާން ޢަލީ ދައްކަވާފައިވާ ވާހަކަފުޅެކެވެ. ޝައިޚް އެދުވަހު ވިދާޅުވިފަދައިން ﷲ ދީން އޮޔާލިއަނުދޭން މަސައްކަތްކުރެއްވުމުން މިއަދު ސަރުކާރުން ވަނީ ޝައިޚަކީ ޓެރަރިސްޓަކަށް ހަދައި ޓެރަރިޒަމް ޤާނޫނުގެދަށުން ދަޢުވާ އުފުލާފައެވެ.
ލިޔުމުގައިވާ ވީޑިއޯ އަޑުއައްސަވާލައްވާށެވެ. ކާފިރުންނާއި އަދި މުނާފިޤުންނާއި ދީނަށް ފުރައްސާރަކުރާ މީހުންނާއި އަދި މުންކަރާތްތައް ޢާންމުކުރަން އުޅޭ މީހުންނާއި ދެކޮޅަށް ޙައްޤުބަސް ބުނަން ޖެހެނީ ކީއްވެގެންކަމާއި އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއްކަން އެނގިވަޑައިގަންނަވާނެއެވެ.)
ގުޅުން ހުރި ވީޑިއޯ:
https://www.facebook.com/watch/?v=544825346087597