ސިވާލު:. ސޯޝަލް ހައުސިން ފްލެޓަށް ފައިސާ ދައްކަމުންދާއިރު ޙައްޖަށް ދެވޭނެތޯ؟
ޖަވާބު:. ޤަވާޢިދުން ފައިސާ ދައްކަމުންދާނަމަ ޙައްޖު ދަތުރުކުރުމުގެ ސަބަބުން ފައިސާ ދެއްކުމަށް ހުރަހެއް ނޭޅޭނެ ނަމަ މައްސަލައެއްނެތް.
ޖަވާބު ދެއްވި ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް
(ހަމައެކަނި ސޯޝަލް ހައުސިންގ އަކަށް ނޫނެވެ. އެއްވެސް ފަރާތަކަށް ދަރަނިވެރިވެފައިވާނަމަ ޙައްޖަށް ދިއުން އޮތީ ދައްކަން އެއްބަސްވެފައިވާ ޤަވާއިދުން ފައިސާ ދައްކަމުން ގެންދާނަމައެވެ. އެއިގެ ތެރޭގައި ބޭންތަކުން ނަގާފައި ހުންނަ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދައްކަމުން ދިއުން ހިމެނޭކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.)