ނަމާދުނުކޮށް ހުރެފައި އެއީ އިރާދަފުޅުން ކަމަކަށް ނުބުނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ނަމާދުނުކޮށް ހުރެފައި އެއީ އިރާދަފުޅުން ކަމަކަށް ނުބުނެވޭނެ!

ކޮންމެ ރެއަކު ނިދަން އޮށޯވެފައި ގުނަންވީ އެދުވަހު ޙާޞިލުކުރަން ބޭނުންވި ކަންކަމުގެ ތެރެއިން ޙާޞިލު ނުކުރެވު ކަންކަމެއް ނޫނެވެ. ދެރަވެ ހިތާމަކުރަންވީ އެއިން ކަމެއް ޙާޞިލުނުކުރެވުނީތީއެއް ނޫނެވެ!

ކޮންމެރެއަކުވެސް ގުނަންވީ ތިމާއަށް އެދުވަހުވެސް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށެވެ. އެންމެ ބޮޑަށް ޝުކުރުކުރަންވީ އިތުރު އަޅުކަމެއް ކޮށްލަން ފުރުޞަތު ދެއްވަވައި ދުނިޔޭގައި ލެހެއްޓަވައި ދެއްވެވީތީއެވެ! އަޅުކަން ކުރުމުގެ ވިސްނުން ﷲ ތަޢާލާ ދެއްވެވި ކަމަށްޓަކައެވެ.  

އަޅުކަންކޮށް ހެޔޮ ގޮތުގައި ދުނިޔޭގައި އުޅުމުގެ ވިސްނުން ދެއްވަވާނީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ. ވީމާ ނަމާދާއި އެހެންވެސް އަޅުކަން ނުކޮށް ހުރެފައި އެއީ އެކަމުގެ ވިސްނުން ﷲ ތަޢާލާ ނުދެއްވެވުމުން ކަމަކަށް ނުބުނެވޭނެއެވެ. އިރާދަ ނުކުރެއްވެވީތީ ކަމަކަށްވެސް ނުބުނެވޭނެއެވެ.  

އެހެނީ ކަންކަން އިރާދަފުޅާއި މަތިކުރުމަކީ ވަކީލްކުރުމެވެ. ވަކީލްކުރަން އޮތީ އެކަމެއް ޙާޞިލްކުރަން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. އަތްއުރާލައިގެން ހުރެފައެއް ނޫނެވެ. ތަޤްވާވެރިކަން ލިބެނީވެސް އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން