ﷲ ގެ މަގުގަ ސާބިތުނުވެހުރެ މީސްތަކުންގެ ލޯބި ހޯދުމަކުން ﷲ ގެ ޙަޟްރަތުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ﷲ ގެ މަގުގަ ސާބިތުނުވެހުރެ މީސްތަކުންގެ ލޯބި ހޯދުމަކުން ﷲ ގެ ޙަޟްރަތުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް!

އެމީހެއްގެ ކިބައިގައި އިސްލާމްދީނަށް ލޯބިކޮށް މާތް ﷲ އަށް ބިރުވެތިވުން ހުރި މިންވަރަކުން މެނުވީ އެއްވެސް މީހަކަށް އެއްވެސް މަތިވެރިކަމެއް ނެތެވެ! މީސްތަކުންގެ ރުހުމާއި ތާއީދު ހޯދަން ކިތަންމެ ގިނަ ކަންތައްތަކެއް ކުރިނަމަވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ނެތް ނަމަ އެމީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް މަތިވެރިކަމެއް ހުރި މީހެއް ނޫނެވެ" 

ތަޢާލާގެ ޙަޟްރަތުގައި މާތްކަމާއި، ޢިއްޒަތާއި، ޤަދަރުގެ ނާރެހަކީ ތަޤްވާއެވެ. ޝަރަފާއި ޢިއްޒަތް ޙާޞިލްވުމުގައި ކަޅެއް ދޮނެއް، ޢަރަތްބެއް، ޢަޖަމީއެއް ފަރަޤުކުރުމެއް ނުވެއެވެ. 

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (أَلَا لَا فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ ، وَلَا لِأَحْمَرَ عَلَى أَسْوَدَ ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى)   މާނައީ: "ދަންނާށެވެ! ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް (އެބަހީ: ޢަރަބި ނޫން މީހެއްގެ މައްޗަށް) މޮޅުކަމެއް، އަދި ޢަޖަމީއަކަށް ޢަރަތްބެއްގެ މައްޗަށް މޮޅުކަމެއް ނުވެއެވެ. ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަށް މޮޅުކަމެއް ނުވެއެވެ. އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަށް ވެސް މޮޅުކަމެއް ލިބިގެންނެއް ނުމެ ވޭމެއެވެ. ތަޤްވާވެރިކަމުން މެނުވީއެވެ."  

ކީރިތިވަންތަ ﷲ ވަޙީކުރެއްވިއެވެ. (إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌމާނައީ: "ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރު ވަންތަ ރަސްކަލާނގެއެވެ."

 

މިއަދު އޮންލައިން