އެކަމެއް ކުރުމުން އަޅުގަނޑު ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވާ ކަންކަމުގެ ލިސްޓް ދިގުވެ ލިސްޓުގަ ނެތްކަމެއް މިހާރު އޮންނާނެ ކަމަކަށް ނުވިސްނޭ! ޙައްލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެކަމެއް ކުރުމުން އަޅުގަނޑު ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވާ ކަންކަމުގެ ލިސްޓް ދިގުވެ ލިސްޓުގަ ނެތްކަމެއް މިހާރު އޮންނާނެ ކަމަކަށް ނުވިސްނޭ! ޙައްލަކީ ކޮބާ؟

"އަޅުގަނޑު ކުރަންބޭނުންވާ ކޮންމެކަމެއް ނުކުރަން ބުނުމާއިއެކު ފިރިމީހާ ބުނަނީ އެކަންކޮށްފިނަމަ ވަރިވާނެ ކަމަށެވެ. މިހެންގޮސް އަޅުގަނޑު އެކަމެއް ކުރުމުން ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވާ ލިސްޓުގައި ނެތްކަމެއް މިހާރު އޮންނާނެހެން ހިއެއް ނުވެއެވެ. އެފަދަ ބަސްތައް އޭނާގެ އެކުވެރިންވެސް ބުނެ އެމީހުންގެ އަނބިންވެސް ބައިތިއްބަނީ ހަމަ މިފަދަ ޙާލެއްގައެވެ. އެހެންވެ އެބާވަތުގެ ކަމެއްގައި އެއިގެ ތެރެއިން ދެމަފިރިއަކު ވަރިވުމުން ދެމީހުންވެސް މިހާރުދަނީ އެކަމަށް ހިތާމަކުރަމުންނެވެ. މިބާވަތުގެ ކަންކަމަށް އޮތީ ކޮންގޮތެއްތޯއެވެ؟ ޙައްލަކީ ކޮބައިތޯއެވެ؟"

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

"ޚިޔާލުތަފާތުވެ ދެބަސްވުން އުފެދޭ ޙާލަތުގައި ވަރީގެ ބަސް ބުނެވުމުން އެކަމާއި ފަހުން ދެރަވެ މިވެނި ބަހެއް ބުނެވިއްޖެ ނަމަ ވަރިވާނެތޯ އޮޅުން ފިލުވަން ގިނަ ބައަކު ގުޅައެވެ. އަދި އެކަމަށް އޮތް ޙައްލަކީ ރުޅވެރިކަމުގެ ވަގުތުގައި ވަރީގެ ވާހަކަ ނުދެއްކުމެވެ.

ވަރިއާއި ހަމައަށް ދިއުމަކީ އެންމެފަހުން ކުރަން ޖެހޭ ކަންތައް ނަމަވެސް ރުޅިއަންނައިރަށް ވަރިއާއި ކަންކަން އެޅުވުމާއި ވަރީގެ ބަސް ބުނުމަކީ ގިނަބައަކަށް ކުރެވޭ ކަމެކެވެ. އެކަންކަމާއި ދެރަވެ ފަހުން ހިތާމަވެސް ކުރަން ޖެހެއެވެ.

ކޮންމެ ބަހަކީވެސް ބުނެ ބޭރުކޮށްނުލާހައި ހިނދަކު އެމީހާގެ އަޅެކެވެ. ބުނެވުމުން މީހާއަށް ޖެހެނީ ބަހުގެ އަޅަކަށްވާށެވެ!"

--ޝައިޚް ޢަލީ ޒައިދު

މިއަދު އޮންލައިން